ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-ER/1/2023/46
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:44
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
އެކްސްޕެޓް ސިސްޓަމްއިން ދެވޭ ޙިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުން

އިޢުލާން

އެކްސްޕެޓް ސިސްޓަމްއިން ދެވޭ ޙިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލުން

 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށާއި އަދި ޙިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް މި މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގަވާއިދު ނަންބަރު 16-R/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު) ގައި ބަޔާންކުރާގޮތުގެ މަތިން، ކޯޓާ ދޫކުރުމުގެ އިންތިޒާމްތައް މި މިނިސްޓްރީއިން މިދަނީ ހަމަޖައްސަމުންނެވެ.

މިގޮތުން މިހާރު އަމަލުކުރެވެމުންދާ ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޕްލިމެންޓްކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމްއިން ދެމުންގެންދާ ބައެއް ހިދުމަތްތައް 2023 ފެބްރުއަރީ 26 ވަނަ ދުވަހުން 2023 މާރިޗު 11 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ވާހަކަ ހިދުމަތްހޯދާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

ނަމަވެސް، މަތީގައި ދެންނެވިފައިވާ މުއްދަތުގައި ތިރީގައި ބަޔާންކުރާ ޙިދުމަތްތައް އެކްސްޕެޓް ސިސްޓަމް މެދުވަރިކޮށް ވަޒީފާ ދޭ ފަރާތްތަކަށް ލިބިގެންދާނެ ކަމުގައި ދެންނެވީމެވެ.  

  1. "ވަރކް ޕަރމިޓް ފީ" ގެ ޙިދުމަތް
  2. "ވަރކް ޕަރމިޓް ޕާސްޕޯޓް އެޑް" ގެ ޙިދުމަތް

އެކްސްޕެޓް ސިސްޓަމްއަށް ގެނެވޭ ބަދަލުތަކާއެކު، ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހުރިހާ ޙިދުމަތްތަކެއް  2023 މާރިޗު 12 ވަނަ ދުވަހުން ފެށިގެން ވަޒީފާ ދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އަލުން ލިބިގެންދާނެ ކަމުގައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުކުރެއްވުމަށް މި މިނިސްޓްރީގެ ހޮޓްލައިން 1500 ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2023