ތަމްރީނު
ނަންބަރު: (IUL)179-4.3/1/2014/77
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:58
ސުންގަޑި: 07 ޖަނަވަރީ 2015 14:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
16 އިން 18 ޑިސެމްބަރ 2014 އަށް ބޭއްވުމަށް ހަމަޖެއްސި އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިިނިންގ ޕްރޮގްރާމް ޖަނަވަރީ 2015 އަށް ފަސްކުރުން

މިއޮތޯރިޓީގެ ނަންބަރު: (IUL)179-2.2/1/2014/67 (02 ޑިސެންބަރު 2014)  އިޢުލާނުގައި 16 އިން 18 ޑިސެންބަރު 2014 އަށްބާއްވާނެ ކަމަށް ބުނެފައިވާ އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ، ޖަނަވަރީ 2015 އަށް ފަސްކޮށްފައިވާކަން އާންމު ކޮށް އިޢުލާނުކުރަމެވެ.

މިގޮތުން މިހާރު އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 13 ޖަނަވަރީން 15 ޖަނަވަރީ 2015 އަށް ކަމުގައި ދަންނަވަމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "އެޕްލިކޭޝަން ފޯމް" ފުރުއްވުމަށްފަހު [email protected] އީމެއިލް އެޑްރެހަށް، 07 ޖަނަވަރީ 2015 ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.

އިންވެސްޓްމަންޓް އެޑްވައިޒަރ ޓްރެއިނިންގ ޕްރޮގްރާމަށް އެދޭ އެޕްލިކޭޝަން ފޯމާއި ޓްރެއިނިންގ ޕްރޮގްރާމްގެ އައުޓްލައިން ތިރީގައި މިވާ ލިންކުން ލިބިވަޑައިގަންނަވާނެއެވެ.

http://www.cmda.gov.mv/news/investment-adviser-training-program-2014-postponed#

އިތުރު މަޢުލޫމާތު:

ކެޕޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،

4 ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ/ ބޮޑުތަކުރުފާނު މަގު/ މާލެ، ދިވެހިރާއްޖެ.

ފޯން: 3014103, 3014112 ފެކްސް:333 6624 އީމެއިލް:[email protected] ވެބްސައިޓް:www.cmda.gov.mv

17 ޞަފަރު 1436

09 ޑިސެންބަރު 2014