ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/20
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 23:59
ސުންގަޑި: 21 ފެބުރުވަރީ 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިހިޔާ ގެސްޓްހައުސް ދިގުމުއްދަތަށް ކުއްޔަަށް ދޫކުރުން - ރަޖިސްޓްރޭޝަން މުއްދަތު އިތުރުކުރުން

ކެނދިކުޅުދޫ ކެނދިކޮޅުއަވަށު ކެނދިހިޔާ ގެސްޓްހައުސް، ގެސްޓްހައުސްއެއްގެ ގޮތުގައި ހިންގުމަށް ކުއްޔަށް ދިނުމަށް މިކައުންސިލުން ކުރި އިޢުލާން (IUL)286-CB/286/2023/13އާއި ގުޅިގެން ބިޑުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްފީމެވެ. އަދި މިބަދަލާއި ގުޅިގެން މަޢުލޫމާތު ސެޝަން އޮންނަ ތާރީޚަށްވެސް ބަދަލުގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސެޝަންގައި ބައިވެރިވެ އެކަމަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިބިޑާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވުމުގެ އިޚްތިޔާރު ރަޖިސްޓްރީވާ ބީލަންވެރިންނަށް ލިބިގެންވެއެވެ.

ބިޑު ރަޖިސްޓްރޭޝަން

16 ފެބުރުވަރީ 2023، 14:00 ގެ ނިޔަލަށް

ލިންކް: https://forms.office.com/r/xCxujuLydN

މަޢުލޫމާތު ސެޝަން

19 ފެބުރުވަރީ 2023، 11:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

ޕްރޮޕޯސަލް ހުށައެޅުމުގެ ބައްދަލުވުން

21 ފެބުރުބަރީ 2023، 13:00

ކެނދިކުޅުދޫ ކައުންސިލް މީޓިންގ ރޫމް

 

 މިގެސްޓްހައުސް ދޫކުރުމަށް ހަމަޖެހިފައިވާނީ ކެނދިކުޅުދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 63 ވަނަ ޖަލްސާގެ ނިންމާފައިވާ ގޮތުގެ މަތިން ކެނދިހިޔާ ގެސްޓްހައުސްއާއި ދިމާލު އަތިރިމަތިން 9500 އަކަފޫޓުގެ ބިމާއި އެކުގައި ކަމުގައިވެސް ދަންނަވަމެވެ. ވީމާ ބީޗް ސަރަހައްދު ބޭނުންކުރާނެގޮތުގެ ތަފްސީލް ޕްރޮޕޯޝަލްގައި ހިމަނަންވާނެއެވެ. ޕްރޮޕޯސަލްގައި ވިޔަފާރީގެ ވަނަވަރާއި، ގެސްޓްހައުސް އޮޕަރޭޓްކުރާނެގޮތާއި، އަލަށް އަތިރިމަތިން ދޫކުރާ ބިމުގައި ކުރާ މަސައްކަތާއި މިމަސައްކަތުގެ ފައިނޭންޝިއަލް ޕްލޭނަކާއި އޮޕަރޭޝަން ޕްލޭނެއް ހިމަނާފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ބިޑް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014 އާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ހުށަހެޅޭ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލެވޭނެ ކަންކަމާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތަކާއި، ޕްރޮޕޯސަލާއެކު ހުށައަޅަންޖެހޭ ލިޔުންތަކުގެ މަޢުލޫމާތު ހިމެނޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރަމެވެ. އެގޮތުން ޕްރޮޕޯސަލް ހުށައެޅުމުގައި މަޢުލޫމާތު ކަރުދާހުގައިވާ އެންމެހާ ކަންކަމަށް ސާމާލުކަންދެއްވުމަށް ދަންނަވަމެވެ. އަދި ގެސްޓްހައުސްއާއި، ގެސްޓްހައުސްގެ ހުޅަނގުން ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތް ތަނާއި ބޮޑުމިން ދައްކުވައިދޭ ޗާޓު މިއިޢުލާނާއެކު ޝާއިޢުކުރަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

15  ފެބުރުވަރީ    2023

15 ފެބުރުވަރީ 2023