ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން މާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ 6 ފަންގިފިލާގެ "އެސްއެމްއީ މަލްޓި ޕާރޕަސް ފެސިލިޓީ" (2,000 އަކަފޫޓު) ޑިޒައިން އެންޑް ބިލްޑް އުސޫލުން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ |
ބުދަ |
22 ފެބުރުވަރީ 2023 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
ބުދަ |
8 މާރިޗު 2023 |
14:00 |
އަންދާސީހިސާބު ތައްޔާރުކުރައްވަން ވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.
15 ފެބުރުވަރީ 2023