ދިވެހިރާއްޖެ
މި ކުންފުނީގައި ބާދަގަނޑުގެ ގޮތުގައި ތަކެތި ވިއްކުމަށް ބޭނުންވެ ކުރެވުނު ނަންބަރު: 2014/136-PRC/I-ފ113 އިޢުލާނުގެ ޕްރީބިޑް މީޓިންގ ބޭއްވުމަށް ދެވުނު ތާރީޚުގައި ސަރުކާރު ބަންދުވުމާ ގުޅިގެން އެ އިޢުލާން ބާޠިލުކޮށް މި ތަކެތި ގަތުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މި ތަކެތި ގަތުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތަވާލުގައިވާ ތާރީޚަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
25ޑިސެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00އަށް |
30 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 އަށް |
މި ނީލަން ފެށޭ އަގަކީ ޓަނަކަށް -/2500ރ (ދެހާސް ފަސް ސަތޭކަ ރުފިޔާ) އެވެ.
މިކަމަށް އެދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
26 ޞަފަރު 1436