ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2023 |052
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 26 ފެބުރުވަރީ 2023 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޕީޗް ތެރަޕިސްޓް

މަޤާމް:  ސްޕީޗް ތެރަޕިސްޓް

ބޭނުންވާ ޢަދަދު: 1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް

މަސައްކަތް ކުރަންޖެހޭ ތަން: ޑިސްއެބިލިޓީ މެނޭޖްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރ، ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

  1. ސްޕީޗް ތެރަޕީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެ ސްޕީޗް ތެރަޕީގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ސްޕީޗް ތެރަޕީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުސާރައާއި އިނާޔަތް :

ތަޢުލީމާ ތަޖުރިބާ އަދި މަސައްކަތްކުރާ ދުވަހުގެ ޢަދަދާއި ގަޑިއަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ ގޮތެއްގެމަތިން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ވާހަކަދެއްކުމުގެ އުނދަގޫތައް ހުންނަ ފަރާތްތައް ބަލާ، ތަހުލީލުތައްކޮށް، ފަރުވާ ކުރިއަށް ދާނެގޮތް ދެނެގަނެ ފަރުވާ ކުރިއަށް ގެންދިއުން.

2-      ކެއުން ބުއިމުގެ އުނދަގޫތައް ހުންނަ ފަރާތްތައް ބަލާ، ތަހުލީލުތައްކޮށް، ފަރުވާ ކުރިއަށް ދާނެގޮތް ދެނެގަނެ ފަރުވާ ކުރިއަށް ގެންދިއުން.

3-      އަޑުއެހުމުގެ އުނދަގޫތައް ހުންނަ ފަރާތްތައް ތަހުލީލުތައްކޮށް އޭގެ ނަތީޖާއަށް ބަލާ އެ އުނދަގޫތައް ލުއިކުރުމަށް ބޭނުންކުރަންޖެހޭ އާލާތްތައް ދެނެގަނެ އެފަރާތްތަކަށް އެތަކެތި ބޭނުންކުރަން ބުނެދިނުން

4-      ވާހަކަ ދެއްކުން/ ކެއުން ބުއިން/ އަޑު އެހުމުގެ އުނދަގޫތައް ހުރެގެން ފަރުވާ ކުރަމުންދާ ފަރާތްތަކުގެ ހާލަތަށް އަންނަ ބަދަލަށް ބަލައި، ދެމުންދާ ފަރުވާ / ބޭނުންކުރަމުންދާ އާލާތްތަކަށް ބަދަލުގެނައުން.

5-      ބަލިމީހާގެ ހާލާތާއި ގުޅިގެން، އެހެނިހެން ކަމާބެހޭ ސްޕެޝަލިސްޓް (ސައިކޭޓްރިސްޓުން، އޮކިއުޕޭޝަނަލް ތެރަޕިސްޓުން، ސައިކޮލޮޖިސްޓުންފަދަ) ފަރާތްތަކުގެ ލަފާ ހޯދުމަށް ބަލިމީހާއަށް އިރުޝާދު ދިނުން

6-      ބަލަމުންދާ ބަލިމީހުންނަށް ދިމާވާ ދަތިތައް ހައްލުކުރަން އުދަގޫވެއްޖެނަމަ ކަމާގުޅުންހުރި ފަރާތްތަކާއި މަޝްވަރާކޮށްގެން ހައްލުހޯދުން

7-      މަސައްކަތާއި ގުޅޭ ރިޕޯޓްތައް، ބަލިމީހާގެ ކޭސް ފައިލްތައް ދުވަހުން ދުވަހަށް ފައިލްކޮށް ރަނގަޅަށް ބެލެހެއްޓުން.

8-      ވެއިޓްލިސްޓް ދިގުވެގެންދާނަމަ، އެކަމަށް ހައްލުހޯދުމުގައި އިސްވެރިންނާއި މަޝްވަރާކޮށް ލަފާހޯދުން

9-      ޑިޕާޓްމަންޓްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ، އެމަޢުލޫމާތުތައް އިސްކޮށް ތިއްބަވާ ބޭފުޅުންނާއި ހިއްސާކުރުން.

ކުރިމަތިލުމުގެ ސުންގަޑި: 26 ފެބްރުވަރީ 2023 ވަނަ ދުވަހެގެ މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ކޮވެލި ބިލްޑިންގ 4 ވަނަ ފަންގިފިލާ އަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާ ފޯމުތަކަށް، ފޯމު ބަލައިގަތް ކަމުގެ މެއިލް ފޮނުވާނެއެވެ. މެއިލްއަށް ޖަވާބު ނުލިބޭނަމަ ވަޒީފާގެ އިޢުލާނުގައިވާ އީދާރީ އޮފީސް ނަންބަރަށް ގުޅުއްވުމަށްފަހު ފޯމު ލިބިފައިވޭތޯ ޗެކްކުރައްވަންވާނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން / ލައިސެންސްގެ ކޮޕީ

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134، ނުވަތަ 3350118 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

15 ފެބުރުވަރީ 2023