ކުއްޔަށް ދިނުން
ނަންބަރު: 113-PRC/I-2014/138
ޕަބްލިޝްކުރި ތާރީޚް: 18 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:45
ސުންގަޑި:
28 ޑިސެންބަރު 2014 14:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މީރު ބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރުން
މީރު ބަހުރު ބަނދަރުގެ ފިހާރައެއް ބީލަމުގައި ކުއްޔަށް ދޫކުރަން ބޭނުންވެއެވެ. ވީމާ މި ފިހާރަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސިޓީލާ ބީލަމުގައި މި ފިހާރަ ކުއްޔަށް ދޫކުރަން ހުޅުވާލަމެވެ.
އިތުރު ތަފުސީލު
ބީލަން ހުށަހެޅޭނެ ފަރާތްތައް
- މިބީލަމުގައި ބައިވެރިވެވޭނީ، ބީލަން ހުށަހަޅާ ތާރިޚާއި ހަމައަށް އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ދިވެހި ރައްޔިތުންނަށާއި، ދިވެހި ރައްޔިތެއްގެ ޙިއްސާ އޮންނަ ކުންފުނި ނުވަތަ ވިޔަފާރިއަކަށެވެ.
ކުއްޔަށް ދޭ ފިހާރައިގެ ތަފްސީލް:
- ފިހާރައިގެ އަދަދު: 01 (އެކެއް)
- ފިހާރަ ނަންބަރު: ޝޮޕް ނަންބަރ 5.
- ތަނުގެ ބޮޑުމިން: 532.13 އަކަފޫޓު (m2(49.5
- ފެނާއި ކަރަންޓް: މީޓަރަކުން ކަރަންޓް، އަދި ފެންލިބޭ ގޮތަށް
- ފަރުނީޗަރު: އެއްވެސް ފަރުނީޗަރަކާ ނުލައި
ކުއްޔަށް ދޫކުރެވޭ މުއްދަތު
- ބީލަން ކާމިޔާބުކުރާ ފަރާތަކަށް ފިހާރަ ކުއްޔަށް ދޫކުރެވޭނީ 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.
ބީލަމުގައި ރަޖިސްޓަރީ ވުން
- ބީލަން ހުށަހަޅަން ބޭނުންވާ ފިހާރަޔަށް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެމް.ޕީ.އެލްގައި -/5,000 ރ (ފަސްހާސް ރުފިޔާ)ގެ ނޮން ރިފަންޑަބަލް ޑިޕޮސިޓެއް ބަހައްޓަން ޖެހޭނެއެވެ. އަދި ރަޖިސްޓަރީ ކުރުމަށްޓަކައި 25 ޑިސެންބަރު 2014 ގެ 15:00 ކުރިން ތިރީގައިވާ ތަކެތި ފައިސާދައްކާ ކައުންޓަރަށް ހުށަހަޅަންޖެހޭނެއެވެ.
- އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ
- ކުންފުންޏެއްނަމަ ކުންފުނި ރަޖިސްޓަރީ ކޮޕީ
- ކުންފުނި ރެޕްރެސެންޓް ކުރާނެ ފަރާތެއް ކަނޑައަޅާފައިވާ ކުންފުނީގެ ޤަރާރު
ބީލަން ފެށޭ އަގު
- ބީލަން ފެށޭ އަގަކީ މަހަކު -/60,000 ރުފިޔާ އެވެ.
ބީލަމަށް މަދުވެގެން އިތުރު ކުރުވޭނެ އެންމެ ދަށް އަދަދު
- ބީލަމަށް ހުށަހެޅިފައިވާ އެންމެ މަތީކުއްޔަށް އިތުރުކުރެވޭނީ ފަހަރަކު މަދުވެގެން -/1,000 ރުފިޔާ އެވެ.
ބީލަން ނިންމުމާއި އެވޯޑުކުރުން
- ބީލަމުގެ އަގު ހުށަހަޅާފަރާތް ތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ބީލަން ނިންމޭނެއެވެ.
- ބީލަން ކާމިޔާބުކުރި ފަރާތުން ތަން ދޫކޮށްލައިފިނަމަ، 2 ވަނަ އަށް ހޮވިފައިވާ ފަރާތަކާއެކު ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.
- 2 ވަނަ އަށް ހޮވޭފަރާތުން ތަން ދޫކޮށްލައިފިނަމަ، ތަން ދޫކޮށްލި 2 ފަރާތް ނުހިމަނާ ދެންތިބި ފަރާތްތަކަށް އެފަރާތްތަކުން ކުރިންލީ ބީލަމަށްވުރެ ބޮޑުކޮށް ބީލަން ހުށަހެޅުމަށް ފުރުސަތު ދެވޭނެއެވެ.
- ބީލަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން 2 (ދޭއް) ފަރާތަކުން ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުން ހުށަހަޅާ ކުލި އެއްވަރު ވެއްޖެނަމަ ކުލި އިތުރުކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދެވޭނެއެވެ. އަދި މިފުރުސަތުގައި ވެސް ހުށަހަޅާފައިވާ ކުއްޔަށް އިތުރު ބަދަލެއް ނައިސްފިނަމަ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ހޮވޭ ފަރާތަކަށް އެވޯޑްކުރެވޭނެއެވެ.
- ބީލަން ނިމުމުން އެންމެމަތީ ކުލި ހުށަހެޅި ފަރާތަށް ބީލަން ކާމިޔާބު ވެއްޖެ ކަމުގެ ލިޔުމެއް ދޫކުރެވޭނެއެވެ. ބީލަން ކާމިޔާބުވި ފަރާތަށް އެލިޔުން ދޫކުރާ ތާރީޚުން ފެށިގެން 15 ދުވަހުގެ ތެރޭގައި ކުލީގެ އެއްބަސްވުމުގައި އެމް.ޕީ.އެލް އާއެކު ސޮއިކުރަންވާނެއެވެ.
ކުލި ހުށަހެޅުން
- ހުށަހަޅާ ކުލި ސާފުކޮށް އެނގޭނެހެން ހިސާބު އަކުރުންނާއި ތާނަ އަކުރުން އަދަދު ތަފާތު ނުވާނެހެން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަން ހުށަހެޅުން އޮންނާނީ 28 ޑިސެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:00 ގައި އެމް.ޕީ.އެލް ސަރވިސްބިލްޑިންގ މީޓިންގ ރޫމްގައެވެ.
- އަގު ހުށަހަޅަންވާނީ އެކަމަށް ކަނޑައެޅިފައިވާ ބީލަން ފޯމުގައެވެ. އަދި މި ފޯމު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި ކުއްޔަށް ހިފަން ބޭނުންވާ ތަން އެނގޭނެހެން "ބީލަމުގައި ބައިވެރި ވުމަށް އެދި" ލިޔެވިފައި އޮންނަންވާނެއެވެ.
ތަނުގައި ބޭނުންކުރާ ތަކެތި ބެލެހެއްޓުމާއި މަރާމާތް
- ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި ތަނަށްކުރަންޖެހޭ ހުރިހާ ޚަރަދަކާއި، މަރާމާތަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ ފިހާރަ ކުއްޔަށް ހިފާ ފަރާތުންނެވެ.
- ޤުދުރަތީގޮތުން، އިންސާނުންނަށް ބާރުނުފޯރުވޭނެ ގޮތަކުން މެދުވެރިވާ ގެއްލުމެއް ފިޔަވައި، ތަނަށް ނުވަތަ ތަކެއްޗަށް ލިބޭ ހުރިހާ ގެއްލުމެއް މަރާމާތުކޮށް ބަލަހައްޓަންވާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.
އިންޝުއަރެންސް، ޖޫރިމަނާ އަދި ގެއްލުމުގެ އަގު
- ފިހާރަ ހިންގުމާ ގުޅިގެން ތަނަށް، ނުވަތަ ތަކެތި، ނުވަތަ މީހުންނަށް ކުރަންޖެހޭ އެއްވެސް އިންޝުއަރެންސެއް ކުރަން ޖެހިއްޖެނަމަ އެ ކަމެއް ކުރާނީ ފިހާރަ ކުއްޔަށް ހިފާ ފަރާތުންނެވެ.
- ސަރުކާރުގެ އެއްވެސް ގަވާއިދަކާ ހިލާފުވެގެން ފިހާރަ ޖޫރިމަނާއެއް ކޮށްފިނަމަ، އެ ޖޫރިމަނާ ދައްކާނީ ކުއްޔަށް ހިފާ ފަރާތުންނެވެ.
އަންގާ އެންގުންތައް
- އެމް.ޕީ.އެލް އިން ފިހާރަ ކުއްޔަށް ހިފާ ފަރާތަށް އަންގަންޖެހޭ ހުރިހާ އެންގުމެއް އަންގަންވާނީ ލިޔުމުންނެވެ. އަދި އެ ލިޔުން ލިބެންވާ ފަރާތަށް ލިބުނުކަން އެނގޭނެ ގޮތެއްގެ މަތިންނެވެ.
- ކުއްޔަށް ހިފާ ފަރާތުން އެމް.ޕީ.އެލް އަށް ހުށަހަޅަންޖެހޭ ހުރިހާ ހުށަހެޅުމެއް ހުށަހަޅަންވާނީ ލިޔުމުންނެވެ.
މަހު ކުލި
- ކުއްޔަށް ދޫކުރާ ތަނުގެ ސެކިއުރިޓީ ޑިޕޮސިޓެއްގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތުން 1 މަސް ދުވަހުގެ އެޑްވާންސެއް ނެގޭނެއެވެ.
- ކުއްޔަށް ދޫކުރާ ތަނުގެ އެޑްވާންސް ކުލީގެ ގޮތުގައި ބީލަން ކާމިޔާބުކުރާ ފަރާތުން 1 މަސް ދުވަހުގެ އެޑްވާންސެއް ނެގޭނެއެވެ.
- ކުލީގެ ގޮތުގައި ނެގޭ އަދަދު ކޮންމެ މީލާދީ މަހެއްގެ 10 ގެ ކުރިން އެމް.ޕީ.އެލްގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓަށް ދައްކަންވާނެއެވެ.
ބީލަން ހުށަހަޅާއިރު ހުށަހަޅަންޖެހޭ ތަކެތި
- ބީލަން ފޯމު.
މަޢުލޫމާތު ސާފުކުރުން
- މި އިޢުލާނާ ގުޅިގެން ކުއްޔަށްދޫކުރާ ފިހާރަތައް ބަލަން ބޭނުންވާ ފަރާތްތަކުން 3006545 އަށް ގުޅުމުން ފިހާރަތައް ބެލުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ފޯނު ނަންބަރު 3329339 އަދި އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުމުން ސާފުކުރަން ބޭނުންވި މަޢުލޫމާތު ލިބޭނެއެވެ.
އިތުރު ބަޔާން
- މަތީގައި ބަޔާންކުރެވުން ބީލަމުގައި އެމްޕީއެލްގެ ބޯޑު ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް ނުވަތަ އެ ދެފަރާތުގެ އާއިލާ ބޭފުޅެއް (އާއިލާ މާނަ ކުރަނީ މަންމަ، ބައްޕަ، ފިރިން، އަނބިން، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނެވެ.) އަދި އެފަރާތެއް ހިއްސާވާ ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށްވެސް މި ބީލަމުގައި ބައިވެރިއެއްނުވެވޭނެއެވެ.
- މި ފިހާރަ ހިންގަންވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުން ކަނޑައަޅާފައިވާ ވިޔަފާރި ކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.
- ކުއްޔަށް ހިފާ ފަރާތްތަކަށް މި ފިހާރައިގައި ކެފޭ، ރެސްޓޯރެންޓް، ސައިހޮޓާ، ވޯކްޝޮޕް، ގުދަން، ދިރިއުޅުމަށް، ހޮޓާ، ގެސްޓްހައުސް ފަދަ ކަންކަމަށް ބޭނުން ނުކުރެވޭނެއެވެ.
26 ޞަފަރު 1436
18 ޑިސެންބަރު 2014