ބީލަން
ނަންބަރު: (IUL)248-PRU/248/2023/29
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 21 ފެބުރުވަރީ 2023 11:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިހަވަންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އައުޓްޑޯރ ޖިމަށް ބޭނުންވާ އިކްއިޕްމަންޓްސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށްބޭނުން ވެއްޖެއެވެ.

ވީމާ، މިއިޢުލާނާއެކު ގެޒެޓްކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށައަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް އައުޓްޑޯރ ޖިމް ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިޔުއްވާފައެވެ.

 ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ރަޖިސްޓަރީ ކުރުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދީއްތަ

19 ފެބްރުވަރީ 2023

14:00 އަށް

އަންދާސީހިސާބު

ހުށަހެޅުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އަންގާރަ

21 ފެބްރުވަރީ 2023

11:00 ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 ފެބުރުވަރީ 2023