ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)393/393/2023/14
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:19
ސުންގަޑި: 26 ފެބުރުވަރީ 2023 11:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

            ކޮޅުމަޑުލު ކިނބިދޫ ކައުންސިލުން ބަލަހައްޓަމުން ގެންދާ މަގުބައްތިތަކުގައި އޮޓޯސްވިޗް ހަރުކުރަން ބޭނުންވާތަކެތި ގަތުމަށް ބޭނުންވާތީ އެކަމަށް ޝައުޤްވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. ބީލަމާބެހޭ މަޢްލޫމާތުތައް މިއިޢްލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ބީލަން ރަޖިސްޓަރީ ކުރުން

ރަޖިސްޓަރީ ކުރުމުގެ މުއްދަތު: މިއަދުން ފެށިގެން 23 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރީން ބިޑް ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރެއްވުމަށް [email protected] މިމެއިލަށް މެއިލް ކުރެވުން ނުވަތަ ކައުންސިލް އިދާރާއް ދުރުވުމުންވެސް ރަޖިސްޓަރީ ކޮށްދެވޭނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން: ރަޖިސްޓަރީ ކޮށްދެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކުރުން

މަޢްލޫމާތު ސާފުކޮށް ދިނުން:  ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

އީމެއިލް އެޑްރެސް:  [email protected] 

ފޯނު ނަމްބަރ: 9967909

މަޤާމު: ކައުންސިލް އެގްޒެކެޓިވް، މުޙައްމަދު ޢަބްދުﷲ

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން:  ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ

ތާރީޚް: 26 ފެބުރުވަރީ 2023 އާދިއްތަ ދުވަހުގެ 11.00

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

15 ފެބުރުވަރީ 2023