ޢާންމު މަޢުލޫމާތު
ނަންބަރު: (I)288/2023/023
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:38
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އުފައްދާގެ" ފުރަތަމަ ތަމުރީނު ޕްރޮގްރާމް – ފަހާ ކޯސް (ބޭސިކް)

މިރަށު ލޭންޑް ޔޫސް ޕްލޭނާއި ތަރައްގީގެ ޕްލޭނުގައި ހިމެނިފައިވާ "އުފައްދާގެ" ޕްރޮޖެކްޓްގެ ފުރަތަމަ ތަމުރީނު ޕްރޮގްރާމް 2023 މޭ 2 ވަނަ ދުވަހުން ފެށިގެން 2023 މެއި 18 އަށް ހިންގުމަށްވަނީ ރޭވިފައެވެ. މިއީ މިރަށުގައި ދިރިއުޅޭ އަންހެން ބޭފުޅުންގެ ހުނަރު ކުރިއަރުވައި މަސައްކަތުގެ ތެރެއިން އެ ބޭފުޅުންނަށް ވިޔަފާރިއާ އާމްދަނީ ހޯދުމަށް އެހީތެރިވެދިނުމަށް ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް ފަހަން ދަސްކޮށްދިނުމުގެ ކޯސް ހިލޭ ހިންގުމުގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ތެރެއިން ދާއިމީ އާމްދަނީއެއް ނުލިބޭ 28 ފަރާތަކަށް ހިލޭ ފަހާފޮށި ހޯދައިދެވޭނެއެވެ.

މިޕްރޮގްރާމުގެ އެންމެހާ ޚަރަދުތަށް ސްޕޮންސަރކުރައްވާފައިވަނީ ސަންސިޔާމު ކެއާރގެ ފަރާތުންނެވެ. އަދި މި ޕްރޮގްރާމު ހިންގައި ބަލަހައްޓާނީ މިރަށު އަންހެންނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުންނެވެ.

ވީމާ، ޕްރޮގްރާމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ލިންކުމެދުވެރިކޮށް ނުވަތަ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމު މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލައި އިއުލާނުކުރީމެވެ.

https://cutt.ly/X3OJ9hf

15 ފެބުރުވަރީ 2023