ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-ID/227/2023/14
ޕަބްލިޝްކުރި ތާރީޚް: 15 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 23 ފެބުރުވަރީ 2023 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަންބޯޑާއި ޕާކުތައް އަދި ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

ޕްރޮޖެކްޓް ނަންބަރު:

PC-227/2023/W-05

އިޢުލާން ނަންބަރު:

(IUL)227-ID/227/2023/14

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި އިދާރާގެ ނަންބޯޑާއި ޕާކުތައް އަދި ވަށާފާރު މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ‏2023‏ ފެބްރުއަރީ‏ 20ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.
  3. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން ‏ ‏ ‏2023‏ ފެބްރުއަރީ‏ 15 ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  4. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2023‏ ފެބްރުއަރީ‏ 21ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2023‏ ފެބްރުއަރީ‏ 22 ވާ ބުދަ ދުވަހުގެ 14:00ގެ  ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ ފެބްރުއަރީ‏ 23ވާ ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]، ކޮޕީ:[email protected]

 

‏15‏ ފެބްރުއަރީ‏ 2023

15 ފެބުރުވަރީ 2023