ދިވެހިރާއްޖެ
އިޢުލާން
ރައްޔިތުންނާއި ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 2023 ފެބުރުވަރީ 23 ވާ ބުރާސްފަތި ދުވަހުގެ 20:45 ގައި ހިދަޔާ ޕްރީސްކޫލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތިރީގައިމިވަނީ މިޖަލްސާ ކުރިއަށްދާނެގޮތުގެ އެޖެންޑާއެވެ.
- ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށުން
- ކިހާދޫ ކައުންސިލްގެ ރަޢީސްގެ ވާހަކަފުޅު ދެއްކެވުން
- ކިހާދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް އިއްވުން
- ކިހާދޫ އ.ތ.މ ކޮމެޓީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް އިއްވުން
- ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
24 ރަޖަބު 1444ހ.
15 ފެބްރުއަރީ 2023މ.
ޙުސައިން ޝާފިޢު
ކައުންސިލްގެ ރައީސް