ޢާންމު މަޢުލޫމާތު
ނަންބަރު: 146-A1/2014/205
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 17:30
ފެމިލީ ކޯޓް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2015 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް
2015 ވަނަ އަހަރު ފެމިލީ ކޯޓުން ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް ތިރީގައި މި ދަންނަވަނީއެވެ.
ކައިވެނިކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތައް
- ކޯޓުން ބޭރުގައި ކުރާ ކައިވެނިތައް ހަފުތާގެ ހަތްދުވަހުގައި
- ކޯޓުގައި ކުރާ ކާވެނިތައް ސަރުކާރު ހުޅުވިފައި ހުންނަ ރަސްމީ ދުވަސްތަކުގައި
ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް
- ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭ ގަޑިއަކީ:
- ހެނދުނު 09:00 އިން 11:30 އަށް،
- މެންދުރުފަހު 13:30 އިން 14:30 އަށް،
- ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް،
- ރަމަޟާންމަހު ހެނދުނު 09:30 އިން 13:00 އަށް،
- ރަމަޟާންމަހު ނުރަސްމީގަޑީގައި 21:00 އިން 23:30 އަށް
- ކޯޓުން ބޭރުގައި މާލޭގައި ބަންދު ދުވަސްތަކުގައި ކައިވެނިކޮށްދޭ ގަޑިއަކީ 16:00 އިން 22:00 އަށް
- މާލެއިން ބޭރުގައި ކާވެނި ކޮށްދޭނީ ހަފްތާގެ ހުރިހާ ދުވަހެއްގެ 15:00 އިން 22:00 އަށް
23 ޞަފަރު 1435
16 ޑިސެންބަރު 2014