ޢާންމު މަޢުލޫމާތު
ނަންބަރު: 182-FCD/2013/20
ޕަބްލިޝްކުރި ތާރީޚް: 04 ޖޫން 2013
ޕަބްލިޝްކުރި ގަޑި: 11:53
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެއަރޕޯޓުގައި ހުންނަ އޮފީހުން ހެލްތު ސެޓުފިކެޓު ދޫކުރުމާއި އެކްސްޕޯޓް ޝިޕްމަންޓްތައް ޗެކް ކުރުމުގެ ޚިދުމަތް ދެވޭނެ ގަޑިތައް
އިޢުލާން
މި އޮތޯރިޓީގެ، އެއަރޕޯޓުގައި ހުންނަ އޮފީހުން ހެލްތު ސެޓުފިކެޓު ދޫކުރުމާއި އެކްސްޕޯޓް ޝިޕްމަންޓުތައް ޗެކް ކުރުމުގެ ޚިދުމަތް ދެވޭނެ ގަޑިތަކަކީ، ހެނދުނުގެ ޝިފްޓުގައި 6:30 ން 13:30 އަށް، އަދި މެންދުރުފަހުގެޝިފްޓުގައި 15:30 ން 22:30 އަށް ކަމުގައި ކަނޑައަޅައިފީމެވެ.
ވީމާ، 15 ޖޫން 2013 އިން ފެށިގެން ހެލްތު ސެޓުފިކެޓު ދޫކުރުމާއި އެކްސްޕޯޓް ޝިޕްމަންޓު ޗެކް ކުރާ ގަޑިތައް މަތީގައިވާ ގޮތަށް ބަދަލުވާނެކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަޖަބު 1434ހ.
04 ޖޫން 2013