ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)332/332/2023/11
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 21 ފެބުރުވަރީ 2023 00:00
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނބާ އެވޯޑް 2023

ރަށުގެ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިއްފުށީގެ ތަރައްޤީއާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ހައްޤުތައް ރައްކާތެރިކުރުމަށާއި، ރަށުގެ ކުރިއެރުމަށް އަންހެނުން ކުރަމުންދާ މަސައްކަތުގެ އަގު، ރަށު ފެންވަރުގައި ވަޒަންކުރުމުގެ މަޤްޞަދުގައި ކ. ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ކޮންމެ އަހަރަކު ދިނުމަށް ކަނޑައަޅާފައިވާ "ކަނބާ އެވޯޑް"އަށް ނަން ހުށަހެޅުމުގެ ފުރުޞަތު 13 ފެބުރުވަރީ 2023 އިން ފެށިގެން 21 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށް ހުޅުވާލަމެވެ. މިއެވޯޑަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ފޯމް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން 13:00 އަށް ދިއްފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 7766792 ގުޅުއްވުން އެދެމެވެ.

13 ފެބުރުވަރީ 2023