ބީލަން
ނަންބަރު: (IUL)394/394/2023/16
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 20:48
ސުންގަޑި: 22 ފެބުރުވަރީ 2023 10:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖްތިމާއީ ސަރަޙައްދުތައް ސާފުކުރުމާބެހޭ:

2023 ވަނަ އަހަރު މިރަށު ޢިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށްކުރި، މި އިދާރާގެ ނަންބަރ (IUL)394/394/2023/10 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ، އެ މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލަައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

               މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 22 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މި އިދާރާއަށް ވަޑައިގެން ނުވަތަ މި އިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯރމް ހުށަހެޅުއްވުން އެދެމެވެ.  ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފޯރމް މި އިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މި ބީލަމުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                ކަމާގުޅޭ މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހަޅުއްވަންވި  ތާރީޚާއި ގަޑި ތިރީގައި އެވަނީ އެވެ.          

ބައްދަލުވުން

ތާރީޙް

ގަޑި

ބީލަމާބެހޭ މަޢުލޫމާތު ދިނުން

22 ފެބްރުއަރީ 2023 (ބުދަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

26 ފެބްރުއަރީ 2023 (އާދިއްތަ)

10:00

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                           

14 ފެބުރުވަރީ 2023