ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-48
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 21 ފެބުރުވަރީ 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި ކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް:

 ސނިއަރ ޕޭޔަބަލްސް އޮފިސަރ

ބޭނުންވާ އަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސނިއަރ އޮފިސަރ - ގްރޭޑް 02

މުސާރަ:

 މަހަކު 7250.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

- ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

-  އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

- އެހެނިހެން އެލަވަންސް: 2900.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑްއޮފީހުގައެވެ.  ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

 - މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ޙާސިލުކޮށްފައިވުން.  ނުވަތަ،

-  މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން ޑިޕްލޮމާއެއް ޙާސިލުކޮށްފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

-  ޖީ.ސީ. އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 04 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ފައިނޭންސް ޑިޕާޓްމަންޓުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ޖަވާބުދީ އެލިޔުންތަކުގެ ރިކޯޑް ބެލެހެއްޓުން.

- އައުޓްސްޓޭންޑިންގ ސްޓޭޓްމަންޓްތަކުގައި ބިލްތަކަށް ފައިސާ ދެއްކޭކަން ކަށަވަރުކުރުން.

- ކޯޕަރޭޝަންއަށް ލިބޭ އިންވޮއިސްތައް އަޕްޑޭޓްކޮށް ބެލެހެއްޓާކަން ކަށަވަރުކުރުން.

- ކޯޕަރޭޝަންގެ ޤަވައިދާއި ޕޮލިސީތަކާއި އެއްގޮތްވާގޮތުގެ މަތިން ޕެޓީ ކޭޝް އާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުވުން.

- ކޯޕަރޭޝަންގެ މާލީބަޔާނާއި ޚަރަދު ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވުން.

- ކޯޕަރޭޝަންގެ ކުރިއަށް އޮތް އަހަރުގެ ބަޖެޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

- މަހުން މަހަށް ބޭނުންވާ ރިޕޯޓްތައް ތައްޔާރުކުރުން.

- މަސައްކަތުގެ ދާއިރާގައި ހަވާލު ކުރެވޭ އެހެނިހެން ކަންކަން ބެލެހެއްޓުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ފެބްރުއަރީ / މާރޗް މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ރަޖަބު 1444 

14 ފެބުރުވަރީ 2023