މަސައްކަތް
ނަންބަރު: (IUL)LHAH-AH/LHAH/2023/32
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:38
ސުންގަޑި: 23 ފެބުރުވަރީ 2023 10:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޖެނެރަލް ވޭސްޓް އުކާދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލްގައި އުފެދޭ ކުނި ( ޖެނެރަލް ވޭސްޓް ) ދުވަހުން ދުވަހަށް އުކާދިނުމާއި އަދި ބަޔޯހެޒާރޑްސް ކުނި ، މިހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެމަތިން އެންދުމަށް ޚާއްޞަ ކުރެވިފައިވާ ސަރަޙައްދަށް ކޮންޓްރެކްޓް އުޞޫލުން އުފުލާދޭނެ ފަރާތެއް ހޯދުމަށް 24 ޖަނަވަރީ 2023 ގައި ކުރެވުނު މިހޮސްޕިޓަލްގެ ނަމްބަރ  (IUL)LHAH-AH/LHAH/2023/07  އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ އަލުންވެސް އެމަސައްކަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝަވްޤުވެރިވާ ފަރާތްތަކުން 21 ފެބްރުވަރީ 2023 ދުވަހުގެ 10:00 ށް މިހޮސްޕިޓަލަށް ވަޑައިގެން މަޢްލޫމާތު ސާފްކުރެއްވުމަށްފަހު، 23 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 10:00 ށް މިހޮސްޕިޓަލަށް ވަޑައިގެން އަގުހުށަހެޅުއްވުން އެދެމެވެ.

މަޢްލޫމާތު ސާފްކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނެތްކަމުގައިވެސް ދަންނަވަމެވެ.

14 ފެބުރުވަރީ 2023