ދިވެހިރާއްޖެ
އިޢުލާން
ބަނދަރު ބެލެހެއްޓުމާ ބެހޭ ގަވާއިދު ނަންބަރު 2022/R-115 ވަނީ 2022 ޖުލައި 06 ވަނަ ދުވަހު ގެޒެޓްކުރެވިފައެވެ.
މިގަވާއިދުގެ 02 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އއ.މަތިވެރީގެ ބަނދަރުގެ ސަރަޙައްދާއި ބަނދަރާ ގުޅޭ ފަޅުގެ ސަރަޙައްދު ކަނޑައަޅާ ޗާޓް، މިއިޢުލާނާއެކު އާންމުކުރަމެވެ.
މިގަވާއިދުގެ 05 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މިގަވާއިދު ތަންފީޛުކުރުމުގެ ގޮތުން ކައުންސިލުން ކަނޑައަޅާ ކަންކަން މި އިޢުލާނާއެކު އާންމުކުރަމެވެ.
- މުދާ ބަރުކުރުމަށްފަހު ނުވަތަ މުދާ ބޭލުމަށްފަހު، އެ އުޅަނދެއް ތޮށިގަނޑު ކާރީގައި ބާއްވާނީ، ތޮށިގަނޑުގެ ހުރަހަށެވެ.
- ސިމެންތިއާއި، ހިލަޔާއި، ހިލަވެއްޔާއި، ދޮންވެއްޔާއި، އަކިރިޔާއި، ދަގަނޑާއި، ލަކުޑިއާއި، ތެލާއި، ގޭހާއި، ކާޑުގެ ބާވަތްތަކާއި، ގެރިގުއި ފަދަ ތަކެތި ބަރުކޮށްގެން ނުވަތަ ބަރުކުރަން ބަނދަރަށް އަންނަ އުޅަނދު ފަހަރުން އެފަދަ ތަކެތި އަރުވާ ބާލަންވާނީ، ކައުންސިލްއިން ކަނޑައަޅާ ސަރަޙައްދެގައެވެ. ތެލާއި ގޭސް ފިޔަވާ އެހެންތަކެތި ބާއްލަންވާނީ، އެ ސަރަޙައްދެއް ގައި ސަތަރި ނުވަތަ ތަރަފާލު އަޅާގެންނެވެ. އަދި މަސައްކަތް ނިމިގެން، އެންމެ ލަސްވެގެން 5 (ފަހެއް) ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދު ސާފުކުރަންވާނެއެވެ.
- މަތީގައި ބަޔާންކުރެވިފައިވާ ފަދަ ތަކެތި، އުޅަނދުން ބޭލުމަށްފަހު، ބަނދަރު ސަރަޙައްދުގައި ބެހެއްޓޭނީ، އެންމެ ގިނަވެގެން 24 (ސައުވީސް) ގަޑިއިރަށެވެ.
- 24 (ސައުވީސް) ގަޑިއިރަށްވުރެ އިތުރުވާ ގޮތަށް ބަހައްޓާ މުދަލަކީ ދޫކޮށްލެވިފައިވާ ތަކެތި ކަމަށް ބަލައި، އެފަދަ ތަކެއްޗާމެދު އަމަލުކުރުމަށް ކަނޑައަޅައިފައިވާ ގޮތުގެ މަތީން ޢަމަލުކުރެވޭނެއެވެ.
މިހެންކަމުން މިގަވާއިދުގައިވާ ގޮތުގެ މަތިން މިހާރު ބެހެއްޓިފައިވާ ބޯޑުތަކާއި އެއްގޮތަށް 2023 ފެބްރުއަރީ 19 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން ބަނދަރުގައި 24 (ސައުވީސް) ގަޑިއިރުވެފައި ހުރި މުދަލެއް ހުރިނަމަ އެތަކެތި ނެގުމަށް ދަންނަވަމެވެ. އަދި އޭގެ ފަހުން މިގަވާއިދާ އެއްގޮތަށް ފިޔަވަޅުއެޅޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
23 ރަޖަބު 1444
14 ފެބްރުއަރީ 2023