ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)380/2023/06
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 26 ފެބުރުވަރީ 2023 13:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢްލާން

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ދ.މާއެނބޫދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުން

1- ސެކިއުރިޓީއާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 2023 ފެބުރުއަރީ 26 ވާ އާދީއްތަ ދުވަހުގެ 13:00 ގައި  މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

2- އަންދާސީ  ހިސާބު  ހުށަހެޅުން  އޮންނާނީ 2023 ފެބުރުއަރީ 28 ވާ އަންގާރަ ދުވަހުގެ 13:00 ގައި މާއެނބޫދޫ ކައުންސިލް އިދާރާގައެވެ.

 އިތުރު މަޢުލޫމާތު

ހ- މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

ށ- މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

ނ- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

ރ- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ. މާކުސް އެއްވަރުވެއްޖެނަމަ ބިޑްކާމިޔާބު ކުރާފަރާތެއް ހޮވާނީ ޤުރުއަތުލައިގެންނެވެ.

 މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

90%

ތަޖުރިބާއަށް(ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ދާއިރާއާއިގުޅޭ ލިޔުން ތަކަކަށްވުމާއި، ލިޔުން ދޫކުރި ފަރާތުގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުންތަކެވެ.)

10%

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. އަންދާސީ ހިސާބު

ށ. ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

ނ. އައިޑީކާޑު ކޮޕީ

ރ. މަސައްކަތު ތަޖުރިބާއަށް ލިޔުމެއް ލިބިފައިވާނަމަ އެލިޔުމެއް

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ

އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

14 ފެބުރުވަރީ 2023