މަސައްކަތް
ނަންބަރު: (IUL)231-AH/231/2023/16
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:25
ސުންގަޑި: 22 ފެބުރުވަރީ 2023 13:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އޭ-ޒޯން ބިން ސާފުކުރުމުގެ މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުމަށް ހުޅުވައިލުން

އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާއިން ޅ. ނައިފަރުގައި ތަރައްޤީ ކޮށްފައިވާ އޭ-ޒޯން ލައިސަންސް ދޫކުރާ ބިމާއި، އެބިމާއި އިންވެގެންވާ މަގު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް 01 މާރޗް 2023 ން 31 ޑިސެންބަރަށް ( 10 މަސް ދުވަހަށް ) ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

އަގު(ކޯޓޭޝަން) ހުށަހަޅާ ފޯމް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ވެބްސައިޓް www.lhaviyani.gov.mv އިން ޑައުލޯޑްކުރެވެން ހުންނާނެއެވެ. އަދި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ ރިސެޕްޝަން އިންވެސް ލިބެން ހުންނަނާނެއެވެ.  

އަގު (ކޯޓޭޝަން) ހުށަހެޅުމުގެ  ސުންގަޑި: 

އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ސުންގަޑިއަކީ 22 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 13:00 އެވެ.

އީމެއިލް މެދިވެރިކޮށް އަގު (ކޯޓޭޝަން)  ހުށަހަޅާނަމަ [email protected] އަށް 22 ފެބްރުއަރީ 2023 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފޮނުވާ އަދި މިއިދާރާއަށް އީމެއިލް ލިބުންތޯ ކަށަވަރުކުރަންވާނެއެވެ.  

 

 

 

އިތުރު މަޢުލޫމާތު:

އެޑްމިނިސްޓްރޭޝަން އެޗްއާރު އެންޑް އިންފޮރމޭޝަން ޔުނިޓް

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ  /  ޅ. ނައިފަރު، ދިވެހިރާއްޖެ،

ފޯން: 6620331 ނުވަތަ 6620118

އީމެއިލް: [email protected]

14 ފެބުރުވަރީ 2023