ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)292-RE/292/2023/2
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި:
23 ފެބުރުވަރީ 2023 00:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުކައުންސިލްގެ ފަރާތުން ރައްޔިތުންނާ ބައްދަލުކުރުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބުރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން، 23 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 20:30 ގައި މި ރަށު ހިދާޔާ ސުކޫލު ހޯލުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި، މާލީ ރިޕޯރޓް ހުށަހަޅައިދިނުން އޮންނާނެއެވެ.
ވީމާ، މިބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.
13 ފެބުރުވަރީ 2023