ޢާންމު މަޢުލޫމާތު
ނަންބަރު: GS-26/IUL/2023/05
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި:
05 މާރިޗު 2023 00:00
ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑް އާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
އިޢުލާން ނަންބަރ: GS-26/IUL/2023/05
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ 2023 ވަނަ އަހަރުގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި ދަރިވަރުންނަށް ދިނުމަށް ބޭނުންވާ ޝީލްޑް އާއި ޓްރޮފީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 ފެބުރުވަރީ 2023 އިން 22 ފެބުރުވަރީ 2023 އަށް (ސަރުކާރު ބަންދު ދުވަސް ފިޔަވައި) ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް މި ސްކޫލަށް ދުރުވެ ނުވަތަ އީމެއިލް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- އީމެއިލް އިން ނަންނޯޓް ކުރައްވާ ފަރާތްތަކުން ސަބްޖެކްޓްގައި އިޢުލާން ނަންބަރ ޖެއްސެވުމަށްފަހު މެއިލްގައި ބިޑް ހުށަހަޅާ ފަރާތުގެ/ކުންފުނީގެ ނަން، ފޯން ނަންބަރ، އީމެއިލް އެޑްރެސް ލިޔުއްވުމަށްފަހު މި ބިޑްގައި ބައިވެރިވާން އެދޭކަން ލިޔުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ފެބުރުވަރީ 2023 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 23 ފެބުރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 05 މަރޗް 2023 ވާ އާދީއްތަ ދުވަހުގެ 11:00ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.
- ނޯޓް: ބީލަން ހުށަހެޅުމާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގދ. އަތޮޅު ތަޢުލީމީމަރުކަޒު
ގދ. ތިނަދޫ
ފޯން: 6840002 / 9972577
އީ-މެއިލް: [email protected]
09 ޝަޢުބާން 1444
14 ފެބުރުވަރީ 2023
14 ފެބުރުވަރީ 2023