ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2023/02
ޕަބްލިޝްކުރި ތާރީޚް: 14 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:19
ސުންގަޑި: 16 ފެބުރުވަރީ 2023 00:00
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

   ފެކަލްޓީ އޮފް އެޑިޔުކޭޝަން
      މާލެ، ދިވެހިރާއްޖެ.

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މާލޭގައި ހިންގާ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

  1. ސޯޝަލް ސައިންސް 2  (SOC301)
  2. ޑިވެލޮޕްމެންޓަލް ސައިކޮލޮޖީ(EST101)
  3. ކޮމިޔުނިކޭޝަން އެންޑް ލޭންގުއެޖް އިން ސްޕެޝަލް އެޑިޔުކޭޝަން (EST219)
  4. މޮނިޓަރިންގ އެސެސްމެންޓް އެންޑް އިވެލުއޭޝަން (EST313)
  5. އިންސްޓްރަކްޝަނަލް ސައިކޮލޮޖީ (EST103)

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ. ،200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345333  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2023 ފެބުރުވަރީ 16 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުއްވާނީ [email protected]އަށެވެ.

14 ފެބުރުވަރީ 2023