ދިވެހިރާއްޖެ
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު |
MBC-PRC/486/12/2014 |
އަލިފާންނިންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު:
މިކޯޕަރޭޝަންގެ ޓީވީމޯލްޑިވްސްގެ އޮފީސް ޢިމާރާތާއި ދިވެހިރާއްޖޭގެ އަޑުގެ އޮފީސް ޢިމާރާތާއި އަދި ޓްރާންސްމީޓިންގ ސްޓޭޝަންގައި، ހުރި އަލިފާންނިވިތައް މަރާމާތު ކުރުމާއި، އަލަށް ފަޔަރ ޕޮއިންޓްތައް ޤާއިމުކުރަންޖެހޭ ތަންތާނގައި އަލިފާންނިވިތައް ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 24 ޑިސެންބަރު 2014 ބުދަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ޑިސެންބަރު 2014 ހޯމަ ދުވަހުގެ 2:00 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ހާޒިރުވެވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މިކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވަންވާނެއެވެ.
23 ޞަފަރު 1436