ދިވެހިރާއްޖެ
ނަމްބަރ:(IUL)252/252/2023/13
ޢިއްލާން
މިރަށު އަތިރިމަތީގައިވާ ރުއްތައް ވަރުވާއަށް ނެގުމުގެ ފުރުޞަތު ހުޅުވާލުން
މިރަށު އަތިރިމަތީގެ އުތުރުކޮޅާއި ދެކުނުކޮޅުގައި މިކައުންސިލް އިދާރާއިން ނަމްބަރ ޖަހާފައިވާ ރުއްތައް ވަރުވާއަށް ނަގާ ބެލެހެއްޓުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
ޕްރޮޕޯޒަލް ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން "ޕްރޮޕޯޒަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެކެވެ.
ބީލަން ރަޖިސްޓްރީ ކުރުން |
21 ފެބްރުއަރީ 2023 ވަނަ ދުވަހުގެ 14:00 ގެކުރިން |
މައުލޫމާތު ދިނުމުގެ ބައްދަލުވުން |
ބޭއްވުމަށް ހަމަޖެހިފައިނުވޭ |
ޕްރޮޕޯޒަލް ބަލައިގަތުން |
02 މާރޗް 2023 ވަނަ ދުވަހުގެ 13:00 ގެކުރިން |
ޕްރޮޕޯޒަލްތައް ހުޅުވުން |
02 މާރޗް 2023 ވަނަ ދުވަހުގެ 13:05 ގައި ހއ.ފިއްލަދޫ ކައުންސިލް އިދާރާގައި |
ޕްރޮޕޯޒަލް ހުށަހެޅުމަށާއި ޕްރޮޕޯޒަލް ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ޕްރޮޕޯޒަލް ހުޅުވުން އޮންނާނީ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ޕްރޮޕޯޒަލް ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ރަޖަބް 1444ހ
13 ފެބްރުއަރީ 2023މ