ދިވެހިރާއްޖެ
ނަންބަރ: HPL/PRC/I-2023/04
އިޢުލާން
މިކުންފުނީގެ ބަނދަރަށް އަންނަން ހަމަޖެހިފައިވާ " ސޫސައި ރަޖަމް " އިން މުދާ އަންލޯޑްކޮށް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މިކުންފުނީގެ ބަނދަރަށް 15 ފެބްރުއަރީ 2023 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ " ސޫސައި ރަޖަމް " ބޯޓުންމުދާބޭލުމަށް ސަބްކޮންޓްރެކްޓްގެ ގޮތުގައި މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ހުށަހަޅުއްވާ މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.
މި އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މި އޮފީހުގެ ނަންބަރު 6888558 އާ ގުޅުއްވުން އެދެމެވެ.