ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށް ޓެކްނޯލޮޖީ ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތުގެ "ބީލަން ފޮތް" އަދި އިތުރުރަށް ހުށައަޅަންޖެހޭ ފޯމުތައް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްކަރުދާސްކުރެވިފައިވާނެއެވެ.
ޕްރީބިޑް ބައްދަލުވުން
މި މަސައްކަތާއިގުޅޭ ޕްރީބިޑް ބައްދަލުވުން އޮންނާނީ 18 ފެބުރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ 11:00 އެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިޢުލާން ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 23 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 23 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:10 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 18 ފެބުރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ. އަދި އިސްވެދެންނެވުނު ސުންގަޑިހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިއިދާރާގެ ވެބްސައިޓް www.ncit.gov.mv ގައި 19 ފެބުރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 13:30 ގައި ޝާޢިއުކުރެވޭނެއެވެ.
އީމެއިލް އެޑްރެސް:[email protected]
ނޯޓް: ސިޓީއުރައިގެ ބޭރުގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
ބީލަމުގެ ނަން:
އިޢުލާނު ނަންބަރު:
ބީލަން ހުށަހަޅާ ފަރާތުގެ ނަން: