ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)270/270/2023/44
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:33
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންނަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު
ރައްޔިތުންނަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 107 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ބޭއްވުމަށް ލާޒިމުކުރާ ރައްޔިތުންގެ ޢާއްމު ބައްދަލުވުމެއް 21 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ ރޭ 20:30ގައި މަކުނުދޫ ޔޫތު ސެންޓަރުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ހދ.މަކުނުދޫގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.
ބައްދަލުވުމުގެ އެޖެންޑާ
- ބައްދަލުވުމުގެ ތަޢާރަފް
- 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ހުށައެޅުން
- 2022 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށައެޅުން
- 2023 ވަނަ އަހަރު ކުރިޔަށް ރޭވިފައިވާ މައިގަނޑު ހަރަކާތްތައް (މަސައްކަތު ތާވަލް) އަދި ބަޖެޓު ރައްޔިތުންނާއި ހިއްސާކުރުން.
- ހެދިފައިވާ ރަށުގެ ޢިޖުތިމާއީ ޤަވާއިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
- ރައްޔިތުންގެ ސުވާލާއި ޖަވާބު ސެޝަން
- ނިންމުން
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
22 ރަޖަބު 1444
13 ފެބުރުވަރީ 2023
13 ފެބުރުވަރީ 2023