ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-PR/266/2023/22
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 15 މާރިޗު 2023 11:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެންޑަރ ރަޖިސްޓްރީކުރުމަށް ހުޅުވާލުން

(އިޞްލާޙު ކުރެވިފައި)

ދައުލަތުގެ މާލިއްޔަތު ގަވާއިދާއެއްގޮތަށް އާއްމުކޮށް ހުޅުވާނުލާ މިއިދާރާއަށް ގަންނަ ތަކެއްޗާއި ހޯދާ ޚިދުމަތްތަކަށް ކޯޓޭޝަން ހުށަހެޅުމަށް ވެންޑަރ ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލަމެވެ. މިގޮތުން ރަޖިސްޓަރވާ ފަރާތްތަކަށް މިއިދާރާއިން އެކި ކަންކަމާ ގުޅިގެން ގަންނަ ތަކެއްޗާއި ޚިދުމަތް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

ވެންޑަރ ރަޖިސްޓްރީގައި ހިމެނުމަށް ބޭނުންވާ ވިޔަފާރިތަކުން މިއިޢުލާނުގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ލިންކްގައިވާ ފޯމު ފުރިހަމަކުރައްވާއިރު އެ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އެޓޭޗް ކުރައްވަންވާނެއެވެ. ވެންޑަރ ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ވެންޑަރ ރަޖިސްޓްރީކުރުމަށްފަހު އެކަން މިއިދާރާގެ ފަރާތުން އީ-މެއިލުން އަންގާނެއެވެ.

ވީމާ، މިއިދާރާގެ ވެންޑަރ ރަޖިސްޓްރީގައި ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން 15 މާރޗް 2023 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މިއިޢުލާނާއި އެކު ހިމެނިފައިވާ ރަޖިސްޓްރީ ފޯމް ލިންކުން ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ.

އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ވެންޑަރ ރަޖިސްޓްރޭޝަން ފޯމްގެ ލިންކް: http://kulhudhuffushicity.gov.mv/vrf

ޕްރޮކިޔުމަންޓް ސެކްޝަން

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާ

ފޯން:  6527160, 6527166, 6527106  

އީ-މެއިލް: [email protected]

 

13 ފެބުރުވަރީ 2023