ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/18
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 21 ފެބުރުވަރީ 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެނދިކުޅުދޫ އައު އިންޖީނުގޭގެ ސަރަހައްދާއި ބައެއް މަގުތަކަށްއަރާ ރުއްގަސް ނެގުމާއިބެހޭ

ނ.ކެނދިކުޅުދޫ، އައު އިންޖީނުގެ ސަރަހައްދާއި ބައެއް މަގުތަކަށް އަރާ ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއްޖެއެވެ.

މިރުއްގަސް ހުންނާނީ، ކެނދިކޮޅުއަވަށު  އައު އިންޖީނުގޭގެ ސަރަހައްދުގައި އަދި ކުޅުދޫ އަވަށު މާވަހަރު މާޓުގެ އިރުން އުތުރަށް ކުޅުދޫ އަވަށު އަޙްމަދީ ޕްރީ ސްކޫލްއާއި ހަމައަށް އަދި މީގެ އިތުރުން ކުޅުދޫ އަވަށު ދަށްމަގުން ބޮޓަނީ ގަރާޖާއި ހަމައިން ބީޗްވިލާ ގެއާއި ހަމައަށެވެ. މިސަރަހައްދުގައި ރުއްގަހުގައި ނަންބަރު ޖެހިފައިވާނީ، 01 އިން 194 އަށް ނޫ ކުލައިގެ ދަވާދުންނެވެ.

ވީމާ، މަތީގައި ދެންނެވިފައިވާ ސަރަހައްދުގައި ހުރި ރުއްގަސްތަކުގެ ވެރިންގެ މަޢުލޫމާތު ސާފުކުރުމަށް ފެބްރުއަރީ މަހުގެ 19،20،21 މިދުވަސްތަކުގެ މެންދުރުފަހު 14:00 ހަވީރު 16:00 ވަޑައިގެން ރުއްތަކުގެ ވެރިން ސާފުކުރުމަށް ދަންނަވަމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13  ފެބްރުއަރީ  2023

13 ފެބުރުވަރީ 2023