ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)316/316/2023/17
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 31 ޖަނަވަރީ 2024 00:00
މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކިހާދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކައުންސިލަށް ދައްކަންޖެހޭ އަގު އާންމުކުރުން

ޢިއްލާން

                ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު:2002/1) ގެ 41 ވަނަ މާއްދާއިން ބާރުލިބިގެން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލައްވައި ގެޒެޓް ކުރައްވާފައިވާ، ޤަވާޢިދު ނަމްބަރު: R-181/2022   "ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ޤަވާޢިދު" ގެ 9 ވަނަ މާއްދާގެ (ހ) އިން ބިމުގެ އަގު ކަނޑައެޅުމަށް ކައުންސިލްތަކަށް ލާޒިމްކޮށްފައިވާތީ، 09 ފެބުރުވަރީ 2023 ން ފެށިގެން ބ. ކިހާދޫ އިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތި އަމިއްލަ ކުރުމަށް ކައުންސިލަށް ދައްކަންޖެހޭ އަގެއްގެ ގޮތުގައި މިކައުންސިލުން  ކަނޑައަޅާފައިވަނީ އެއްފަރާ ދައްކާނަމަ އަކަފޫޓަކަށް 40.00 (ސާޅީސް ރުފިޔާ) އެވެ. ފައިސާ ދައްކާ މުއްދަތު 6 (ހައެއް) މަސްދުވަހަށް ބަހާލައިގެން ދައްކާނަމަ އަކަފޫޓަކަށް 60.00 (ފަސްދޮޅަސް ރުފިޔާ) އެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ރަޖަބު 1444

13 ފެބުރުވަރީ 2023

 

                                                      ހުސެއިން ޝާފިޢު        

                                                      ކައުންސިލް ރައީސް  

13 ފެބުރުވަރީ 2023