ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)384-A/2023/06
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 13 ޖޫން 2023 23:59
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު މަޑިފުށިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ވަގުތީ ރަޖިސްޓްރީ ހަވާލުކުރުމާއި ބެހޭ

           މިއިދާރާގެ ނަންބަރު:(IUL)384-A/2021/31 އިޢުލާނާއިގުޅިގެން ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ތެރޭގައި ހިމެނި " ގޯތި ހަވާލުކުރިކަމުގެ ލިޔުން" ލިބިފައިވާ ފަރާތްތަކަށް " ގޯތީގެ ވަގުތީ ރަޖިސްޓަރީ" ހަވާލުކުރުމުގެ ކަންކަން މިއަދު ފެށިގެން ކުރިއަށް ދާކަމުގައި ދަންނަވަމެވެ. އަދި " ގޯތީގެ ވަގުތީ ރަޖިސްޓަރީ" އާއި ހަވާލުވާ ފަރާތްތަކަށް މިއިދާރާގެ ނަންބަރު: (IUL)384-A/2022/95 އިޢުލާން އިން ދެވިފައިވާ "ގޯތި ބަދަލު ކުރުމުގެ ފުރުޞަތު" ބަންދުވެގެން ދާނެކަމުގައި ދަންނަވަމެވެ.

           ވަގުތީ ރަޖިސްޓްރީ ހަވާލުކުރެވޭ ފަރާތްތަކުން ގޯތި ރަޖިސްޓަރީ ކުރުމާއި ރަޖިސްޓަރީކުރުމުގެ މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންކަމާއި ގޯތިގެދޮރު ރަޖިސްޓަރީކުރުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކޮށް މިއިދާރާގެ ނަންބަރު:  (IUL)384-A/2022/99އިޢުލާނާ އެކު 21 ނޮވެންބަރު 2022 ވީ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރެވިފައިވާ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ދަންނަވަމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2023