ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)395/395/2023/27
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 02 މާރިޗު 2023 12:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތި ސާފުކުރުމާއި، މަގުމަތީގައިހުރި ތަކެތިނެގުމާއިގުޅޭ

މިހާރު ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ގޯތިތަކުގެ މަގުމަތި، ބައެއް ފަރާތްތަކުން ސާފުނުކުރުމުގެ އިތުރަށް، ހުއްދަ ނުހޯދައި، މަގުމަތީގައި ތަކެތި ބަހައްޓަމުން ގެންދާކަމުގެ ޝަކުވާ، މި އިދާރާއަށް ދަނީ ލިބެމުންނެވެ. އަދި މިގޮތަށް ބައެއް ފަރާތްތަކުން ގިނަ ދުވަސްތަކެއްވަންދެން ތަކެތި ބަހައްޓާފައިވާކަން މި އިދާރާއަށްވެސްވަނީ ފާހަގަކުރެވިފައެވެ. މިކަމަކީ، މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ދުއްވާމީހުންނަށްވެސް އެކަމުގެ އުނދަގޫ އިންތިހާއަށް ފޯރާނެ ކަމެކެވެ. އެހެންކަމުން، މަގުމަތި ސާފުނުކޮށްހުރި ގޯތިތަކާއި، ހުއްދަ ނުހޯދައި މަގުމަތީގައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން، 02 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން މަގުމަތި ސާފުކުރުމަށާއި، ހުއްދަ ނުހޯދައި ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެތަކެތި ނެންގެވުމަށް ދެންނެވީމެވެ.

           ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ފެބުރުވަރީ 2023