ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2023/02
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:09
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނަހަންދޫގެ ގޮޑުދޮށުންނާއި ރަށުގެ އެކި ހިސާބު ތަކުން ގަލާއި ވެލިނެގުމާއި ބެހޭ

އިޢުލާން

 

ކުނަހަންދޫގެ ގޮޑުދޮށުންނާއި ރަށުގެ އެކި ހިސާބު ތަކުން ގަލާއި ވެލިނެގުމާއި ބެހޭ

           

ކުނަހަންދޫގެ ގޮޑުދޮށުގެ އެކި ހިސާބުތަކުން ގަލާއިވެލި ނަގަމުންދާ ކަމުގެ ސަކުވާތައް ތަކުރާރުކޮށް މިކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި ރަށުގެ އެއްގަމު ސަރަހައްދު ތަކުން ކޮނެގެން ގަލާއި ކަޅުވެލި ނަގަމުންދާ ކަން މި ކައުންސިލަށް ދަނީ ފާހަގަ ކުރެވެމުންނެވެ. އަދި މި ކަމަކީ ތިމާވެށި ހިމާޔަތް ކުރުމުގެ ޤަވައިދާއި ވެސް ޙިލާފު ކަމަކަށް ވެފައި ރަށަށް ނުހަނު ގެންލުން ހުރި ކަމެކެވެ. ރަށުގެ ތިމާވެށި ހިމާޔަށް ކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ރަށުގެ ދަނޑުބިން ސަރަހައްދާއި ގޯތި ދޫކުރެވިފައި ވާ ސަރަހައްދުތަކުންނާއި، މަގުތަކުން އެއްވެސް ފަރާތަކުން ކޮނެގެން ކަޅުވެލި އަދި ގައު ނަގައިގެން ނުވާނެވެ. އަދި ޒަރޫރީ ބޭނޫންތަކަށް އެހެން ސަރަހައްދު ތަކުންވެސް ކޮނެގެން ކަޅުވެލި އަދި ގައު ނަގަންވާނީ އެތަނަކަށް ގެއްލުން ނުވާ ގޮތަށް 1 ފޫޓަށްވުރެ ފުން ނުވާ ގޮތަށް ހެދިފައިވާ ރުއްގަސް ތަކަށް ގެއްލުން ނުވާގޮތަށެވެ. އަދި ރަށުގެ ގޮޑު ދަށުގައި ހެދިފައިވާ ގަސްތަކުން ފެށިގެން އެއްގަމަށް 100 ފޫޓަށްވުރެ ކައިރީ އެއްވެސް ސަރަހައްދަކުން ގައުވެލި އަކިރި އަދި ކަޅުވެލި ނަގުމަކީ މަނާކަމެވެ.    

ވެއްޔާއި ގައު ނަގާ ފަރާތްތަކާއި މެދު 5އޭޕްރީލް 2015ގައި މި ކައުންސިލުން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކޮއްފައިވާ ނަމްބަރ 2015/R-119ތިމާވެށި ހިމާޔަތްކުރުމުގެ ޤަވައިދުގެ 15ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮއްފައިވާ ގޮތުގެމަތިން ވެއްޔާއި ގައު ނަގާ ފަރާތްތަށް  ޖޫރިމަނާކުރެވޭނެއެވެ. އަދި މި އިޢުލާން އާއި ގުޅިގެން އަމަލުކުރާނީ ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާގެ ޤަވައިދު ނަމްބަރ 2015/R-119 ތިމާވެށި ހިމާޔަތް ކުރުމާބެހޭ ޤަވައިދާއި، ޤާނޫން ނަމްބަރު 93/4(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު)އަށެވެ.

 

 

 

 

 

 

 

 

 

 ތިމާވެށި ހިމާޔަށްކުރުމާއި ބެހޭ ޤަވައިދުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ޖޫރިމަނާގެ އަދަދު

 

#

ވަނަ 

ޖޫރިމަނާ ފައިސާގެ އަދަދު

1

ފުރަތަމަ ފަހަރު

ނަސޭހަތް ދިނުން 

2

ދެވަނަ ފަހަރު

500ރ އާއި 1000ރުފިޔާ އާއި ދެމެދު

3

ތިން ވަނަ ފަހަރު

1000ރ އާއި 3000ރުފިޔާ އާއި ދެމެދު

4

ހަތަރު ވަނަ ފަހަރު

3000ރ އާއި 5000ރުފިޔާ އާއި ދެމެދު

5

ފަސްވަނަ ފަހަރުންފެށިގެން އިތުރުވާ ކޮންމެ ފަހަރަކު

5000ރުފިޔާ

 

                     ވީމާ، ޤާނޫން ނަމްބަރު 93/4(ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާބެހޭ ޤާނޫނު)އާއި ހިލާފަށް ވެލި ނަގާ ފަރާތްތަކުގެ މައުލޫމާތު މި ކައުންސިލާ ހިއްސާ ކޮއްދެއްވުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި އެފަދަ އަމަލުތަށް ހިންގާ ފަރާތްތަކުގެ މައުލޫމާތު ކަމާ ބެހޭ ފަރާތްތަކަށް މި ކައުންސިލުން ހިއްސާކުރާނެ ކަމުގައި ދަންނަވަމެވެ. އެހެންކަމުން މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09 ފެބުރުވަރީ 2023