ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322-M/322/2023/19
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:01
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގޭ ކުނި ނެގުމާގުޅޭ

ގޭގައި އުފެދޭ ކުނީގެ ތެރެއިން ބަދިގޭގައި އުފެދޭ ކުނި (ކުނިވާޒާތުގެ ކުނި) ކައުންސިލްގެ ފަރާތުން 15 ފެބްރުއަރީ 2023 ވާ ބުދަދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ނަގައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

               ވީމާ، ކޮންމެ ގެއަކުންވެސް ބަދިގޭކުނި ތައްޔާރުކުރުމަށްފަހު (މަތިޖެހި ޑަސްބިން ފަދަ އެއްޗެއްގައި) ފަސޭހައިން ނެގޭނެގޮތަށް (ގެއާއި ގުޅިފައިވާ މަގުގައި /ގެހުންނަ މަގުގައި) ބެހެއްޓެވުން އެދެމެވެ. އަދި ބަދިގޭ ކުނީގެ ތެރެއަށް އެހެން އެއްވެސް ބާވަތެއްގެ ކުނި ނޭޅުއްވުން އެދެމެވެ.

             ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ހެނދުނު 08:00  ގައި ކުނި ނަގަން ފެށޭނެއެވެ. ހުކުރު ދުވަހު ކުނި ނަގެން ފެށޭނީ ހެނދުނު 07:00 ގައެވެ.

               ކައުންސިލުން ބަދިގޭ ކުނި ނަގައިދޭން ފެށުމުން، އެއްވެސް ފަރާތަކުން ބަދިގޭގައި އުފެދޭ ކުނި އެހެންތަނަކަށް އެޅުމަކީ މަނާ ކަމެއްކަމުގައި ދަންނަވަމެވެ. 

12 ފެބުރުވަރީ 2023