މަޤާމު
|
އެސިސްޓެންޓް ލައިބްރޭރިއަން
|
ބޭނުންވާ އަދަދު
|
01 (އެކެއް)
|
ހަމަޖައްސާ ސެކްޝަން: އިސްލާމިކް ލައިބްރަރީ
|
ރޭންކް
|
ޖީ.އެސް 3
|
ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްމިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ
|
-/4,465 ރ.
|
ސާރވިސް އެލަވަންސް: -/1,500 ރ.
|
މަގާމުގެ ޝަރުޠު
|
- މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ:
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު
|
- ލައިބްރަރީއަށް އެކިގޮތްތޮތުން އަލަށް ލިބޭ ފޮތްތައް ރަޖިސްޓަރީކޮށް ލޭބަލް ކުރުމަށްފަހު ފޮތްތައް ތަރުތީބުކުރުން.
- ލައިބްރަރީގެ މެމްބަރުކަމަށް އަލަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުމާއި ކާޑު ތައްޔާރުކުރުމާއި އެފަރާތްތަކުގެ ރިކޯޑު ބެލެހެއްޓުން.
- ލައިބްރަރީގެ މެމްބަރުންނަށް ފޮތްދޫކުރުމާއި ދޫކުރެވޭ ފޮތްތައް މުއްދަތު ހަމަވާއިރު އަނބުރާ ގެނޭތޯ ބެލުން.
- މެމްބަރުންނަށް ދޫކުރެވިފައި ހުންނަ ފޮތްތަކުން މުއްދަތު ހަމަވާއިރު ނުލިބޭ ފޮތްތައް ހޯދުމަށްޓަކައި ފޮތް ދޫކުރެވިފައިވާ ފަރާތްތަކާ ގުޅައިގެން ފޮތްތައް ހޯދުމުގެ މަސައްކަތް ކުރުން.
- ލައިބްރަރީގައި ހުންނަ ފޮތްތަކަށް ލިބޭ ގެއްލުންތައް ބަލުން.
- ލައިބްރަރީން ޓައިޕް ކުރަންޖެހޭ ލިޔުންތައް ޓައިޕްކުރުމާއި ލިއެކިޔުންތައް ފައިލްކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތު ތަޖުރިބް ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތަން އަދި ގަޑި: މި މަގާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ. ( 08:00 ން 15:00 އަށް )
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
|
ސުންގަޑި
- 31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
- މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / އިސްލާމީ މަރުކަޒުގައެވެ.
- މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ. ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަމްބަރަކީ 3315161
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|