ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-ED/266/2023/46
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:29
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާއިން ފޯރުކޮށްދެމުން ގެންދިޔަ ވިޔަފާރި ރަޖިސްޓްރީ ކުރުމާގުޅޭ ޚިދުމަތްތަކާ ގުޅޭ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ދެމުންގެންދާ ވިޔަފާރި ރަޖިސްޓްރީ ކުރުމާގުޅޭ އެންމެހާ ޚިދުމަތްތައް އޮންލައިން ކޮށްފައިވާތީ، ފިޒިކަލް ފޯމްތައް ބަލައިގަތުން މިނިސްޓްރީން ވަނީ ހުއްޓާލައްވާފައެވެ. އެހެންކަމުން މިއިދާރާ މެދުވެރިކޮށް ދެމުން ގެންދިޔަ ވިޔަފާރި ރަޖިސްޓްރީ ކުރުމާގުޅޭ ޚިދުމަތްތަކަށް ފޯމު ދޫކުރުމާއި ބަލައިގަތުން 14 ފެބްރުއަރީ 2023 ވަނަ ދުވަހުން ފެށިގެން ހުއްޓާލާނޭ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ދެންނެވުނު ތާރީޚުގެ ފަހުން ވިޔަފާރި ރަޖިސްޓަރީކުރުމާގުޅޭ ޚިދުމަތްތަކަށްއެދޭނީ ހަމައެކަނި https://business.egov.mv  މެދުވެރިކޮށެވެ. އޮންލައިންކޮށް ޚިދުމަތަށް އެދުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، ކުޅުދުއްފުށީ އެން.އޯ.ސީ އިމާރާތުގައި (ކުރީގެ އައިޑީ ކާޑު ޔުނިޓްގައި) ހުންނަ ބިޒްނަސް ސެންޓަރ އިން ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ން 14:00 ށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ. މީގެ އިތުރުން، ޚިދުމަތްތަކާބެހޭ މަޢުލޫމާތު ހޯދުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ކޯލް ސެންޓަރ 1500 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

13 ފެބުރުވަރީ 2023