މަސައްކަތް
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 13 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:00
ސުންގަޑި: 21 ފެބުރުވަރީ 2023 14:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ.ވެލިދޫ ކައުންސިލަށް ލީގަލް އެޑްވައިޒް ދިނުމަށް ލޯ ފާރމެއް ހޯދުން

މިކައުންސިލަށް ބޭނުންވާ ހާލަތްތަކުގައި ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާއި އެހެނިހެން ކަންކަމަށް ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމަށް ލޯ ފާރމްއެއް ނުވަތަ ޤާނޫނީ ވަކީލެއް ހޯދުމަށް  ބޭނުންވެއެވެ.

 ވީމާ،މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާއި އެއްގޮތްވާ ގޮތުގެމަތިން، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

ތަފްސީލް

ދުވަސް/ ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުމަށް

 

 

6560010 އަށް ގުޅުއްވުމަށް ދަންނަވަމެވެ.

އަދި އީ މެއިލް ކުރައްވާނަމަ [email protected]/ އަށް މެއިލް ކުރެވުން އެދެމެވެ.  

16 ފެބްރުއަރީ 2023 ވާ ބުރާސްފަތި

14:00ގެ ކުރިން

އަންދާސީ ހިސާބު ހުށައެޅުމަށް

 

  • ބީލަން ކަރުދާސް ހުށައެއްޅުވުމަށް
  • މި އިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވުމަށް ދަންނަވަމެވެ.
  • ބަދަލުގައި އެހެން ބޭފުޅަކު ދުރުވާނަމަ އެފަރާތުގެ ސިޓީއެއް ހުށައެޅުއްވުން އެދެމެވެ. 

21 ފެބްރުއަރީ 2023

10:30 އަށް

ހުށަހަޅަންޖެހޭ ލިޔުންތަށް / ހިމަނަންޖެހޭ މަޢުލޫމާތު

 

 

  • ލީގަލް ލައިސެންސް
  • ޕާސަނަލް / ބިޒްނަސް ޕްރޮފައިލް
  • ގަޑީރަށް މަސައްކަތްކުރެވޭނެ ރޭޓް
  • ސޯލްޕްރޮޕްރިއޭޓާޝިޕް/ ކޮމްޕެނީ/ ޕާރޓްނާޝިޕް ރަޖިސްޓްރީގެ ކޮޕީ

 

21 ފެބްރުއަރީ 2023

10:30 އަށް

 

 

  • އަންދާސީ ހިސާބު ހުށައެޅުމަށް ކަނޑައެޅިފައިވާ ވަގުތު ފާއިތުވުމުގެ ފަހުން ވަޑައިގަންނަވައި ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީ ހިސާބު ބާތިލުކުރުމުގެ އިޙްތިޔާރު މި އިދާރާއަށް ލިބިގެންވެއެވެ. އަދި ހަމައެއާއިއެކު މި އިޢުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލް ކުރުމުގެ އިޙްތިޔާރުވެސް މި އިދާރާއަށް ލިބިގެން ވެއެވެ.

 

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފްސީލް

އަގު

%80

  • ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން ހުށައަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެންކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮުތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

ތަޖުރިބާ

%20

  • މަސައްކަތުގެ ދާއިރާގައި ޚިދުމަތްދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރުވެ ގުޅުން ހުރި ދާއިރާގައި މަސައްކަތް ކޮށް އެންމެ ގިނަ އަހަރު ވެފައިވާ ފަރާތް
  •  ބެންޗްމާކް އެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ  % އެވެ.
  • މިގޮުތުން އެންމެ ގިނަ މާކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

 

                          މިހެންވެ މިކަން އަންގާ އިޢުލާން ކުރަމެވެ.

13 ފެބުރުވަރީ 2023