މަސައްކަތް
ނަންބަރު: (IUL)227-ID/227/2023/12
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 21:26
ސުންގަޑި: 19 ފެބުރުވަރީ 2023 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

 

ޕްރޮޖެކްޓް ނަންބަރު:

PC-227/2023/W-04

އިޢުލާން ނަންބަރު:

(IUL)227-ID/227/2023/12

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، https://www.shaviyani.gov.mv/bid މެދުވެރިކޮށް އޮންލައިންކޮށް ރަޖިސްޓަރ ވެލެއްވޭނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަޤީންކުރަންވާނީ ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބިލެއްވުމުންނެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
  3. މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ‏2023‏ ފެބްރުއަރީ‏ 15ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ.
  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން ‏ ‏ ‏2023‏ ފެބްރުއަރީ‏ 12 ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  5. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ‏2023‏ ފެބްރުއަރީ‏ 16ވާ ބުރާސްފަތި ދުވަހުގެ 10:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.  ސިޓީ/އީމެއިލްއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، ‏2023‏ ފެބްރުއަރީ‏ 16 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ  ކުރިން، ބީލަމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީކުރައްވާފައިވާ ހުރިހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި  މެއިލްކުރެވޭނެއެވެ.
  6. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  ‏2023‏ ފެބްރުއަރީ‏ 19ވާ އާދީއްތަ ދުވަހުގެ 13:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ.
  7. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]، ކޮޕީ:[email protected]

 

‏12‏ ފެބްރުއަރީ‏ 2023

12 ފެބުރުވަރީ 2023