މަސައްކަތް
ނަންބަރު: (IUL)13-K/13/2023/55
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:41
ސުންގަޑި: 05 މާރިޗު 2023 13:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ސްޓޯމްވޯޓަރ މަނޭޖްމަންޓް މާސްޓަރޕްލޭންސް ފޯ މާލެ ސިޓީ އެންޑް ހުޅުމާލެ އެންޑް ޑިވެލޮޕްމަންޓް އޮފް އަ ޑިޖިޓަލް އެލެވޭޝަން މޮޑެލް ފޯ މާލެ ސިޓީ

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

(ޕްރޮޖެކްޓް ނަންބަރު: TES/2023/C-001)

 

ކޮންސަލްޓަންސީ ސަރވިސަސް ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ސްޓޯމްވޯޓަރ މަނޭޖްމަންޓް މާސްޓަރޕްލޭންސް ފޯ މާލެ ސިޓީ އެންޑް ހުޅުމާލެ އެންޑް ޑިވެލޮޕްމަންޓް އޮފް އަ ޑިޖިޓަލް އެލެވޭޝަން މޮޑެލް ފޯ މާލެ ސިޓީ

MV-MONPI-326937-CS-QCBS 

މޯލްޑިވްސް އާރބަން ޑިވެލޮޕްމެންޓް އެންޑް ރިސިލިއަންސް ޕްރޮޖެކްޓް

Grant No.:IDA -D5540

 

1. ވާރލްޑް ބޭންކްއިން ދިވެހި ސަރުކާރަށް ލޯނު އަދި ހިލޭ އެހީގެ ގޮތުގައި ލިބުމަށް ހަމަޖެހިފައިވާ ފައިސާއިން "މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރިސިލިއަންސް" ޕްރޮޖެކްޓްގެ ދަށުން "މާލެ އަދި ހުޅުމާލޭގައި ސްޓޯމްވޯޓަރ މެނޭޖްމަންޓް މާސްޓަރޕްލޭނަކާއި މާލެ ސިޓީގައި ޑިޖިޓަލް އެލެވޭޝަން މޮޑްލް" ތާއްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ހަމަޖެހިފައެވެ.

2. މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްސަދަކީ، ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ގުޅިގެން ކުރިމަތިވަމުންދާ މައްސަލަތަކަށް ޙައްލެއް ހޯދުމެވެ.

3. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު  މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސްއިން މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޣުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކޮމްޕެނީ ޕްރޮފައިލް، ކުންފުނީގެ އޮނިގަނޑު، ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ފަދަ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަށް ޝޯޓްލިސްޓް ކުރުމުގައި ބަލާނީ ތިރީގައިމިވާ ކްރައިޓީރިއާ އަށެވެ.

ހ. މަދުވެގެން 10 އަހަރުގެ މަސައްކަތް ކުރުމުގެ ތަޖުރިބާ މިކަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލިބިފައިވުން

ށ. ސްޓޯމް ވޯޓަރ މެނޭޖްމަންޓް މާސްޓަރ ޕްލޭން ޑިޒައިން  މަސައްކަތް ކުރުމުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

ނ. ޑިޖިޓަލް އެލެވޭޝަން މޮޑެލް (ޑީ.އީ.އެމް) ޑިވެލޮޕްމަންޓް ކުރުމުގެ މަސައްކަތުގައި މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން

ރ. ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން

ރ. ކުދި ރަށްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން

ނ. މިމިސައްކަތް ކުރެވޭ ފަންނީ ޤާބިލު ފާރާތްތަށް ބީލަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފާރމްގައި ހުރިތޯ ބެލޭނެވެ. އެހެންނަމަވެސް، އެފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ މިމަރުހަލާގައި އިވެލުއޭޓް ނުކުރެވޭނެވެ.

4. މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓަންޓުން ހޯދުމަށް އެފަރާތުން ޖުލައި 2016 ގައި ތައްޔާރުކޮށް ނޮވެމްބަރު 2017 އަދި އޮގަސްޓް 2018 ގައި އިސްލާހުކުރެވިފައިވާ ރެގިއުލޭޝަންއާއި އެއްގޮތަށެވެ.

5. މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނީ ކޮންސަލްޓަންޓްސް ކުއަލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑެވެ.

6. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

7. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  5 މާރިޗު 2023 ވާ ބުރާސްފަތި ދުވަހު 13:00:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

8. ފާތިމަތު ރިޝްފާ އަހުމަދު

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : +960 3349102

އީމެއިލް  : [email protected]  

ކޮޕީ   : [email protected]

12 ފެބުރުވަރީ 2023