މަސައްކަތް
ނަންބަރު: (IUL)13-K/13/2023/54
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 18:27
ސުންގަޑި: 02 އޭޕްރިލް 2023 10:00
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
ޒޯން 2 ގެ ކަނޑައެޅިފައިވާ ރަށްތަކުގައި ވޭސްޓް މެނޭޖްކުރުމަށް ބޭނުންވާ އިކްއިޕްމެންޓް ފޯރުކޮށްދިނުމުގެ މަސައްކަތް

ލަ ބިޑުހުށަހެޅުމުގެދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު:  TES/2022/G-013-R01)

 ހުށަހެޅުމުގެ ދަޢުވަތު  

ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ގްރާންޓް ނަމްބަރ: D199-MV

 

ޒޯން 2 ގެ ކަނޑައެޅިފައިވާ ރަށްތަކުގައި ވޭސްޓް މެނޭޖްކުރުމަށް ބޭނުންވާ އިކްއިޕްމެންޓް ފޯރުކޮށްދިނުމުގެ މަސައްކަތް

MV-MEE-158469-GO-RFB

 

1. ދިވެހި ސަރުކާރަށް ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް (އެމް.ސީ.ޕީ) ދަށުން ޒޯން 2 ގެ ކަނޑައެޅިފައިވާ ރަށްތަކުގައި ވޭސްޓް މެނޭޖްކުރުމަށް ބޭނުންވާ އިކްއިޕްމެންޓް ފޯރުކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެދިލެއްވުމުގެ މަތިން، ސުރިޙީގައި ދެންނެވިފައިވާ މަސައްކަތް ކޮށްދޭނެެ ފަރާތެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)13-K/13/2022/314 )18 އޮކްޓޫބަރު 2022) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. ތިރީގައިވާ ގޮތަށް އިސްލާޙުކޮށްފީމެވެ.

3. މިމަސައްކަތް ކުރާނެ ފަރާތްތައް ހޮވާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުޞޫލުން، ވާރލްޑް ބޭންކް ގައިޑްލައިންސް: IDAކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތްތައް ހޯދުން - ޑޭޓަޑް1  ޖުލައި 2016، ނޮވެމްބަރ2017ގައި އިސްލާޙުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލެވިގެންނެވެ.

4. މި ބީލަމުގައި ބައިވެރިވުމަށް  -/1,500 (ފަނަރަ ސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ 13 ފެބުރުވަރީ 2023އިން 30 މާރިޗު 2023 އަށް،   ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތްތަކާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 13 ފެބުރުވަރީ 2023 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 ފެބުރުވަރީ 2022ވާ އަންގާރަ ދުވަހުގެ 13:30:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

7. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި  USD 3,375.00(ތިންހާސް ތިންސަތޭކަ ހަތްދިހަ ފަސް) ޔޫ.އެސް.ޑޮލަރުނުވަތަ އެ އަދަދާ އެއްވަރެއްގެ އަދަދެއްގެ ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

8. ބީލަން ހުޅުވުން އޮންނާނީ 2 އެޕްރީލް 2023 ވާ އާދިއްތަ ދުވަހުގެ 10:00:00 ގައި މި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : (960) 3349106, (960) 3349147, (960) 3349104

އީމެއިލް : [email protected]

ކޮޕީ  : [email protected]  

 

12 ފެބުރުވަރީ 2023