މަސައްކަތް
ނަންބަރު: (IUL)296/296/2023/11
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 24 އޭޕްރިލް 2023 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުން

            ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް މިރަށުން ގޯތި ދޫކުރުމަށް ހަމަ ޖައްސާއިފީމެވެ. ގޯތީގެ ބޮޑުމިނަކީ 2000 ( ދެހާސް ) އަކަފޫޓެވެ. މިބުރުގައި ދޫކުރަން ހަމަ ޖެހިފައިވަނީ 30 ( ތިރީސް ) ގޯއްޗެވެ.

         ވީމާ، ތިރީގައި މިދަންނަވާ ޝަރުތު ފުރިހަމަ ވެފައިވާ ފަރާތްތަކުން 13 ފެބްރުއަރީ 2023 ( ހޯމަ )ފެށިގެން 24 އެޕްރީލް 2023  ވާ  ( ހޯމަ ) ދުވަހުގެ 13:00 ގެ ނިޔަލަށް  " ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމް " ފުރުހަމަ ކުރެއްވުމަފަހު މިއިދާރާއަށް ފޯމް ހުށައެޅުއްވުން އެދެމެވެ. މެއިލް އާއި ފެކްސް އިން ފޮނުއްވާ ފޯމް ބަލައިގަތުން ހަމަޖެހިފައި ނުވާ ވާހަކަ ވެސް ދަންނަވަމެވެ. އަދި ފުރިހަމަ ނުކޮށް ހުށައަޅުއްވާ ފޯމް އާއި ހުށައަޅަންޖެހޭ ތަކެތި ހަމަ ނުކުރައްވާ ހުށައަޅުއްވާ ފޯމްވެސް ބަލައިގަތުމަށް ހަމަ ޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުން ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން  ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު ފަހު 13:30 ދެމެދު ކަމުގައިވެސް ދަންނަވަމެވެ. " ދިރިއުޅުމަށް ބަންޑާރަ ގޯއްޗަށް އެދޭ ފޯމް " ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ފެށިގެން މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ޝަރުޠު:

  1. ދިވެހިރައްޔިތަކަށް ވުން:
  2. ޢުމުރުން 18 ( އަށާރަ ) އަހަރު ވެފައިވުން
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ، ނުވަތަ އަނބިމީހާ ، ނުވަތަ ފިރިމީހާގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ، ލިބިގެން އެފަދަ ގޯއްޗަކުން 600 ( ހަސަތޭކަ ) އަކަފޫޓް އަށްވުރެ ބޮޑު ބައެއް ލިބިފައި ނުވުން.
  5. ސަރުކާރުން ހަދާ ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން
  6. އެއްމެދު އިމާރާތެއް ފްލެޓެއް ނުވަތަ ހައުސިން ޔުނިޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން.

       ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.

              17 ރަޖަބް 1444

              12 ފެބްރުއަރީ 2023

12 ފެބުރުވަރީ 2023