ދިވެހިރާއްޖެ
1444 ވަނަ އަހަރުގެ ރަމަޟާން މަހު ޙިފްޡް ކޮށް އިމާމްވެ ތަރާވީހް ނަމާދު ކުރައްވާ އިމާމް ހުންނެވުމަށް އެއްމަސް ދުވަހަށް 1 ކޮޓަރި ( އޭސީ ، ފާޚާނާ އަދި ކޭބަލް ޓީވީގެ ޙިދުމަތާއެކު ) އަދި ކެޔުންބުޔުމުގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން 12 ފެބްރުއަރީ 2023 ފެށިގެން 20 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މިމަސައްކަޔާ ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން 21 ފެބްރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާނީ 2023 މާރޗް 05 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާއަށެވެ. އަދި މެއިލް ކުރައްވާ ނަމަ މިއިދާރަގެ އީމެއިލް : info@fodhdhoo.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތް ކޮށްދިނުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަތުމަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
މިކަމަށް އެދި ކުރިމަތި ލެވޭނީ ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ނަންބަރ: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
17 ރަޖަބް 1444
12 ފެބްރުއަރީ 2023