ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)202-A/1/2014/ 102
ޕަބްލިޝްކުރި ތާރީޚް: 16 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 31 ޑިސެންބަރު 2014 14:30
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު

އެސިސްޓެންޓް ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް.3 (ޖެނެރަލް ސަރވިސް 3)

މުސާރަ

މަހަކު 4,465.00 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު 1,500.00 ރުފިޔާ 

ސެކްޝަން/  އޮފީސް/ ތަން

އެޑްމިން އެންޑް ފައިނޭންސް  (އައި.ޓީ ޔުނިޓް) / ޓްރާންސްޕޯޓް އޮތޯރިޓީ، މާލެ

މަޤާމުގެ މަސްޢޫލިއްޔަތު

އޮފީހުގެ ހާޑްވެއަރ އަދި ސޮފްޓްވެއަރގެ މަސައްކަތާއި އަދި ނެޓްވާރކް މެއިންޓެއިންކޮށް ބެލެހެއްޓުމާއެކު އޮފީހުގެ ސަރވަރއަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުން. 

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ  ކަންތައްތައް

1-  ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. (%49)

2-  މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. (%8)

3-  މަސައްކަތުގެ ހުނަރަށް ބަލައިގެން. (%43)

4-  ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ  އިންސައްތަ %35 އަށްވުރެ މަތިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އޮތޯރިޓީގެ ނެޓްވާކާއި އަދި އޮތޯރިޓީންދޭ ޚިދުމަތްތައް ބޭނުންކުރާ އެހެނިހެން މުއައްސަސާތަކާއި އޮތޯރިޓީއާ ދެމެދުގެ ނެޓްވާކް ކަނެކްޓިވިޓީ ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ޙައްލުކޮށްދީ އޮތޯރިޓީގެ ނެޓްވާރކް މެއިންޓެއިންކޮށް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  2. އޮތޯރިޓީގެ ސާވާތަކަށް ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލުކޮށްދިނުމާއި ސާވާތަކުގެ ކެޕޭސިޓީ އަޕްގްރޭޑްކުރުމާއި ސާރވާތައް މެއިންޓެއިންކޮށް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  3. އޮތޯރިޓީއަށް ބޭނުންވާ އައި.ސީ.ޓީ އާއިގުޅޭ ހާރޑްވެއަރ ދެނެގަތުމާއި، އެތަކެތި ހޯދުމާއި، އިންސްޓޯލްކޮށް ގަވާއިދާ އެއްގޮތަށް ބެލެހެއްޓުމާއި، އޮތޯރިޓީގެ ފަޔަރވޯލް، އެންޓިވައިރަސް ފަދަ އައިސީޓީގެ ސެކިއުރިޓީއާއި ގުޅުންހުރި ސޮފްޓްވެއަރ އާއި ހާޑްވެއަރ ހޯދުމާއި ބެލެހެއްޓުން.
  4. އޮތޯރިޓީގެ ކޮމްޕިއުޓަރ ސިސްޓަމަށް ދިމާވާ މައްސަލަތައް ބަލާ ވަގުތުން ވަގުތަށް / ދުވަހުން ދުވަހަށް ޙައްލުކޮށްދިނުމާއި މަރާމާތުކޮށްދީ  އެތަކެތި ގަވާއިދާ އެއްގޮތަށް ބެލެހެއްޓުން.
  5. އޮތޯރިޓީގެ ޕީއޭބީއެކްސްއާއި ފޯނުތައް (އެކްސްޓެންޝަންތައް) ދިމާވާ މައްސަލަތަކަށް ވަގުތުން ވަގުތަށް / ދުވަހުން ދުވަހަށް އެޓެންޑްކޮށް ޚިދުމަތް ފޯރުކޮށްދޭ ފަރާތް މެދުވެރިކޮށް ހައްލު ކުރަންޖެހޭ ކަންތައްތައް އެފަރާތަށް ރިޕޯޓްކޮށް އެމައްސަލަތައް ހައްލުކޮށްދިނުން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހެލްތު އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ކުރެވޭނެ.

ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ތަތްކޮށްފައި) ވަޒީފާއަށް އެދޭ ފޯމު މި އޮތޯރިޓީގެ ސިޓީއާއި ތަކެތި ބަލައިގަންނަ ކައުންޓަރުންނާއި މިއޮތޯރިޓީގެ ވެބްސައިޓް www.transport.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްތަކާއި، އެހެނިހެން ލިޔުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފުކޮޕީ
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ ގުޅޭނެ ނަމްބަރު އަދި އީ-މެއިލްއެޑްރެސް ހިމަނާފައި)

ނޯޓް: މިއޮތޯރިޓީގައި ވަޒީފާ އަދާކުރާ މުވައްޒަފަކު މިމަޤާމަށް ކުރިމަތިލާނަމަ ހުށަހަޅުއްވަންޖެހޭނީ ހަމައެކަނި  ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

31 ޑިސެންބަރު 2014 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ (ހުރަވީ ބިލްޑިންގް، އަމީރު އަޙްމަދު މަގު) އަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތާއި އޮންނާނެ ތަން

މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއް މަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު  ބޭއްވޭނީ ޓްރާންސްޕޯޓް އޮތޯރިޓީ / ހުރަވީ ބިލްޑިންގ 01 ވަނަ ފަންގިފިލާ، މާލެ

އިތުރު މަޢުލޫމާތު

  1. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭ 10 ފަރާތްތަކަށެވެ.
  2. ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު އިންޓަރވިއުއަށް ހާޒިރުވާންޖެހޭފަރާތްތަކަށް ހާޒިރުވާންޖެހޭ ދުވަހާއި ގަޑި އިންޓަރވިއު ބާއްވާ ތާރީޚްގެ 24 ގަޑިއިރު ކުރިން ލިޔުމުން އެންގޭނެއެވެ. އަދި އިންޓަރވިއު ފެށުމުގެ 10 މިނިޓް ކުރިން އިނގިރޭސި އަދި ދިވެހިބަހުން ސިޓީލިޔުމާއި ޢިބާރާތްކުރުމުގެ ފެންވަރު ބެލުމުގެ ޓެސްޓެއް ދެވޭނެއެވެ.
  3. އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަރވިއުއަށް ހާޒިރުވާއިރު، އައި.ޑީ ކާޑުގެ އަސްލާއި ލިބިފައިވާ ތަޢުލީމާއި   ތަމްރީނުތަކުގެ ސެޓްފިކެޓްގެ އަސްލާއި ޓްރާންސްކްރިޕްޓްތަކުގެ އަސްލު ގެންނަންވާނެއެވެ.    
  4. މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3343420 / 3343421 އެވެ. ފެކްސް ނަންބަރަކީ 3343434 އެވެ.
16 ޑިސެންބަރު 2014