ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)393/393/2023/11
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:38
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ނޫން އެހެން ތަންތަނަށް ކުނި އުކުން މަނާކުރުން

އިޢުލާން

ކުނިގޮނޑު ނޫން އެހެން ތަންތަނަށް ކުނި އުކުން މަނާކުރުން

           ރަށުގެ ކުނި އުކާލުމަށް ހަމަޖެހިގައިވާ ކުނިގޮނޑު ނޫން އެހެން ތަންތަނަށް ބައެއް ފަރާތްތަކުން ކުނި އުކާލަމުން ގެންދާކަން މި ކައުންސިލަށް ވަނީ ފާހަގަ ކުރެވިފައެވެ. އަދިހަމަ އެހެންމެ މިކަމަކީ ޤާނޫން ނަންބަރ 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫން) ގެ 7 ވަނަ މާއްދާއާއި 9 ވަނަ މާއްދާ އަދި މިކައުންސިލްގެ ކުނިއުކާލުމާއި ކުނި ނައްތާލުމާއި ބެހޭ ޤަވާޢިދު ގެ 10 އަދި 11 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެކެވެ. އަދި މިކަމަކީ ރަށަށް ޒިޔާރަތްކުރާ މެހެމާނުންނާއި، އެހެނިހެން ފަރާތްތަކަށްވެސް ރަށާބެހޭގޮތުން ނުރަނގަޅު ތަސައްވުރެއް ކުރެވިގެންދާނެ ކަމެކެވެ.

           އެހެންކަމުން، މިއަދުންފެށިގެން ބަދިގެއިން އުކާލާ ކުންޏާއި، ކުނިވާޒާތުގެ ކުނިވެސް ކުނިގޮނޑު ފިޔަވައި އެހެން އެއްވެސް ތަނަކަށް އުކުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި ގޯތި ގެދޮރު ތަޅާލައިގެންނާއި އެނޫންވެސް ގޮތްގޮތުން އުކާލާ ގައު ކުނި ފަދަ ތަކެތި އުކާލަންވާނީ މި ކައުންސިލުން ހުއްދަލިބިގެން ކައުންސިލުން ދައްކާ ތަނަކަށްކަމުގައި ދަންނަވަމެވެ.

           ވީމާ، ކުރިންވެސް މިކަމާގުޅިގެން އިޢުލާން ކުރެވިފައިވާނޭފަދައިން ޤާވާޢިދާ ޚިލާފަށް ކުނިއުކާލާ ފަރާތްތަކާއި މެދު ޤަވާޢިދުން ފިޔަވަޅު އަޅަމުންގެންދާނޭކަން ހަނދާން ކޮށްދިނުމަށްޓަކައި މި އިޢުލާން ކުރީމެވެ.

            

12 ފެބުރުވަރީ 2023