ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-A/325/2023/9
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި: 16 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރަކު ހޯދުން

              މިސްކޫލްގައި މިހާރު ކިޔަވައިދެމުންދާ ބޭބީނާސަރީ އަދި  ނާސަރީ ކުލާހަށް ކިޔަވައިދިނުމަށް ޓަކައި ތިރީގައި މިދަންނަވާ މަޤާމަށް ޓީޗަރަކު ބޭނުންވެއެވެ.

    *   1 –  މަޤާމު : ވަގުތީ ޓީޗަރ  ( ކޮންޓްރެކްޓް )

        2-   ބޭނުންވާ އަދަދު: 1

       3 -  މުސާރަ : މަހަކު 3500.00 ރުފިޔާ

       4- އެހެނިހެން އިނާޔަތް: ރަމަޟާން އެލަވަންސް އަދި އިތުރުގަޑީގައި މަސަތްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ

       5- ވަގުތު : 3 ގަޑިއިރު

       6 – ފެންވަރު ނުވަތަ ޝަރުޠު :

                   1 – ޕްރީސްކޫލް ޓީޗިންގ ސެޓްފިކެޓް އޮތުން  ނުވަތަ

                   2 – ޖީސީއީ އޯލެވެލް ހަދާފައިވުން .

       7 – މަޤާމުގެ މަސައްކަތް :     

               – ސްކޫލް ހުޅުވުމާއި ، ބަންދުކުރުން

-        ކަނޑައެޅޭ ޓައިމްޓޭބަލާ އެއްގޮތަށް ކްލާސްތަކުގައި ކިޔަވާދިނުމާއި ، ކިޔަވާދިނުމާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން .

-        އިދާރީގޮތުން ސްކޫލްގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

-        ބެލެނިވެރިންނާ ގުޅިގެން ހިންގަންޖެހޭ އިތުރު ޙަރަކާތްތަށް ހިންގުން.

-        ސްކޫލް ހިންގުމާއި ގުޅޭގޮތުން ކައުންސިލުން އަންގަވާކަންކަން ކުރުން.

 

             ވީމާ ، މިމަޤާމުތަކަށް އެދޭ ފަރާތްތަކުން ތިރީގައިވާ ލިޔެކިޔުންތަކާއެކު 16 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ  13.00 ގެ ކުރިން މިސްކޫލްގެ އިދާރާ  ބގޮއިދޫ ކައުންސިލަށް ސިޓީ ފޮނުއްވުން އެދެމެވެ.

             1 ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ، އައިޑީކާޑުގެ ކޮޕީ

             2 ތަޖުރިބާގެ ލިޔުން .

           މިމަޤާމްތަކަށް މީހުން ހޮވުން އޮންނާނީ މެރިޓް އުޞޫލުންނެވެ. މިގޮތުން   ފަންނީޤާބިލްކަން  ހުރިމިންވަރު ދެނެގަތުމުގެގޮތުން އިންޓަވިޔުއެއް ބޭއްވޭނެއެވެ. އަދި މީގެ އިތުރުން ޕްރެކްޓިކަލް ޓެސްޓެއްވެސް ދެވޭނެއެވެ.            

            މިހެންވެ ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

           

 

                                                       

 

12 ފެބުރުވަރީ 2023