ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)286-CB/286/2023/19
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:31
ސުންގަޑި: 17 ފެބުރުވަރީ 2023 22:59
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެން ބޭފުޅުންނަށް ޚާއްސަކޮށް ކަރަންޓާއި މެދު ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުން

ނ. ކެނދިކުޅުދޫ އ.ތ.މ ކޮމިޓީއިން އިސްނަގައިގެން ކެނދިކުޅުދޫގެ އަންހެނުންނަށް ޚާއްޞަ ކަރަންޓާއިމެދު ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް މިވަނީ ނިންމާފައެވެ. މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ 23 ފެބުރުވަރީ 2023 އާއި 25 ފެބުރުވަރީ 2023 އާއި ދެމެދުގައެވެ.

މިޕްރޮގްރާމުގައި ކަރަންޓުގެ އާލަތްތައް ގެންގުޅުމުގައި ސަމާލުވާންވީ ކަންކަމާއި، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް ކުރަންޖެހޭ ކަންކަމާއި، ނުރައްކާތެރި ހާދިސާތަކާއި ކަރަންޓް ޝޯޓޭޖްގެ ސަބަބުން ދިމާވާ މައްސަލަތަކުން ސަލާމަތްވުމަށް ކުރެވޭނެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެވި ޢަމަލީ ތަމްރީން ދެވިގެންދާނެއެވެ. ހަމައެގޮތުން، ކަރަންޓު ބޭނުންކުރުމުގައި ޢާންމުކޮށް ގޭބިސީތަކުގައި ހުރި ނޭދެވޭ އާދަތަކާއި އެކަންކަން ޙައްލުކުރާނެގޮތުގެ މަޢުލޫމާތާއި ޢަމަލީ ތަމްރީންވެސް ދެވިގެންދާނެއެވެ. އަދި މިޕްރޮގްރާމް ނިމުމުން ނިންމާ ފަރާތްތަކަށް ސެޓްފިކެޓް ދެވޭނެކަމުގައިވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ޢުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ އަންހެން ކަނބަލުން، ޕްރޮގްރާމުގައި ބައިވެރިވުމަށް އ.ތ.މ ކޮމިޓީގެ ނައިބު ރައީސް، ނަޛްފާ މުޙައްމަދު ސަޢީދު(9661385)  އަދި އ.ތ.މ ކޮމިޓީގެ މެމްބަރު، މަރްޔަމް ނުޒުނާ(9442664)  އަށް ގުޅުއްވައިގެން ނުވަތަ މެސެޖުކުރައްވައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓްކުރުމަށް ހުޅުވާލާފައިވާ މުއްދަތަކީ މިއަދުން ފެށިގެން 17 ފެބުރުވަރީ 2023 ގެ ނިޔަލަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2023

12 ފެބުރުވަރީ 2023