ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)305-CA305/305/2023/12
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:05
ސުންގަޑި: 20 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤުރުއާން ޓީޗަރ

އިޢުލާން

 

މިކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ ޤުރުއާން ކުލާހުގައި ކިޔަވައި ދެއްވުމަށް ޓީޗަރެއް ހޯދުމަށް ބޭނުންވެއެވެ.

މަޤާމް

ޤުރުއާން ޓީޗަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމް އޮތް އޮފީސް/އިދާރާ 

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ސެކްޝަން/ ޔުނިޓު

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓު

މަޤާމުގެ ގިންތި

ވަގުތީ (6 މަސް) ނޯޓް: ކައުންސިލުން ބޭނުންވެއްޖެނަމަ 6 މަހުގެ މުއްދަތު ހަމަވުމުން، މަސައްކަތުގެ ފެންވަރަށް ބަލާފައި މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ކުލެސިފިކޭޝަން:

ކޮމިއުނިޓީ ކައުންސިލް އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ. މާކުރަތު ޕްރީ ސްކޫލް/ ރ. މާކުރަތު ކައުންސިލްގެ އިދާރާ

މަޤާމް އޮތް އޮފީސް/އިދާރާ 

މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ

ފެންވަރު ނުވަތަ ޝަރުޠު

އަސާސީ މުސާރަ

ސަރވިސް އެލަވަންސް

މިނިމަމް ވޭޖް

ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

މަހަކު -/4500ރުފިޔާ

މަހަކު -/1500  ރުފިޔާ

1315.00

މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުން

މަހަކު -/5,500 ރުފިޔާ

މަހަކު -/1500 ރުފިޔާ

385.00

ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސް ސެޓްފިކެޓެއް ހާސިލުކޮށްފައިވުން.

މަހަކު -/6090 ރުފިޔާ

މަހަކު -/2500 ރުފިޔާ

-

ކިޔަވައި ދިނުމުގެ ރޮނގުން ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން

މަހަކު -/7070 ރުފިޔާ

މަހަކު -/2500 ރުފިޔާ

-

 

ނޯޓް:

-       ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

-       ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

-       ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-   އެޑިއުކޭޝަން

-   ޓީޗިންގ

-  ޤުރުޢާން

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-   ޓީޗިންގް ސާވިސަސް

އިތުރު އިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓިރިބިއުޝަން.
  3. ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-       ތަޢުލީމާއި ތަމްރީނު

-       މަސައްކަތުގެ ތަޖްރިބާ

-       މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1. ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ކުލާހުގަޔާއި ކުލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

2. ކައުންސިލުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން.

3. ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން

4. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އެސެސްމެންޓް ޕޭޕަރާއި، ކުލާސް ޓެސްޓް ޕޭޕަރުތަކާއި އަދި މިނޫންވެސް ދަރިވަރުންނަށް ޙާސިލްވި މިންވަރު ނުވަތަ ކުރިއެރުން ވަޒަންކުރުމަށް ބާއްވާ ޓެސްޓްތަކުގެ ޕޭޕަރުތައް މާކުކުރުން

5. ދަރިވަރުން ޙާޞިލުކުރާ މިންވަރާއި ކުރިއެރުމުގެ ރެކޯޑްތައް ބެލެހެއްޓުން

6. ދަރިވަރުންލައްވާ ކުރުވާ ޕްރެކްޓިކަލް މަސައްކަތްތައް ބެލެހެއްޓުން

7. ކުލާހުގައާއި ކުލާހުން ބޭރުގައި ހަރަކާތްތަކުގައި އުޅޭއިރު ދަރިވަރުންގެ އަޚްލާޤީ ކަންތައްތައް ބެލެހެއްޓުން

8. ޕޭރަންޓް ޓީޗަރ މީޓިންގ ތަކުގައި ބައިވެރިވުމާއި ދަރިވަރުންގެ ކިޔެވުމާއި ގުޅޭގޮތުން ބެލެނިވެރިންނަށް މަޢޫލޫމާތު ދިނުން

9. ދަރިވަރުންގެ ކުރިއެރުމާބެހޭ ގޮތުން ބެލެނިވެރިންނާއި، ކައުންސިލުގެ ވެރިންނާއި ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ބޭނުންވާނެ މަޢުލޫމާތު ހިއްސާ ކުރުން

10. ކުލާހުން ބޭރުގައި ހިންގާ، ކިޔަވައިދިނުމާއި ގުޅުންހުރި ކަންތައްތައް ހިންގުމުގައި އެހީތެރިވެ، އެއްބާރުލުން ދިނުން

11. ދަރިވަރުން ގެންގުޅޭ މާޙައުލަކީ ދަރިވަރުންނަށް ރައްކާތެރިކަމާއި އަމާންކަން ލިބިގެންވާ މާޙައުލެއްކަން ކަށަވަރުކުރުން.

12. ދަރިވަރުންނަށް ތަޢުލީމީ ލަނޑުދަނޑިތައް ޙާޞިލުވަމުންދާކަމާއި، ދަރިވަރުންގެ ކިބައިގައި ދީނީ، އަދި ރަނގަޅު އަޚްލާގީ އާދަތައް ހަރުލެއްވެމުންދާކަން ކަށަވަރުކުރުން.

13. ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކިޔަވައި ދިނުމުގެ ގަޑި ނެގުން

14. ކައުންސިލުން ހިންގާ ޤުރުއާން ކުލާހުގެ ޙަރަކާތްތައް ހިންގުން

15. ރަށާއި ކައުންސިލު ނުވަތަ ކައުންސިލްގެ ޤުރުއާން ކުލާސް ތަމްސީލުކުރުމަށް އެކިއެކި ޤުރުއާ މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުން މުބާރާތައް ތައްޔާރުކުރުން

15. ކިޔަވައިދޭ މާއްދާއާއި ގުޅޭގޮތުން އިތުރު މުއްސަދިކަމެއް (ރިސޯސް) ބޭނުންވާ ޙާލަތުގައި ކައުންސިލުގެ ލަފަޔާއި އިރުޝާދުގެ މަތިން އެފަދަ ކަންތައްތައް ކޯޑިނޭޓް ކުރުން

16. ސްކޫލުގެ ފަރާތުން އިންތިޒާމުކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޙަރަކާތްތަކުގައި ބައިވެރިވުން

17. މުދައްރިސުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ދާއިރާގެ މުއައްސަސާތަކުން ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް ލިބޭ ފުރުޞަތުތަކުގައި ބައިވެރިވުން.

18. ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެނަމަ، އެމަސައްކަތުގައި ބައިވެރިވެ، އެއްބާރުލުން ދިނުން

19. ކޮންޓެކްޓް ގަޑީގެ ގޮތުގައި މަދުވެގެން ހަފްތާއަކު 35 މިނިޓްގެ 25 އާ 30 އާ ދެމެދުގެ ގަޑި ނުވަތަ 45 މިނިޓްގެ 20 އާ ދެމެދުގެ ގަޑި ނެގުން  

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި މިއިދާރާގެ ކައުންޓަރުންނާއި ތިރީގައި އެވާ ލިންކުން ލިބެން ހުންނާނެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  20 ފެބުރުއަރީ 2023  ވާ ހޯމަ ދުވަހުގެ (13:00)  ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]))    މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 20 ފެބުރުއަރީ 2023 އާއި 13 މާރިޗު 2023 އާ ދެމެދު މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިރާރާ ގައެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން  އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

''ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓް)'' އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް A2) ޝީޓް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4009830 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

-          ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/policy/index/51) އިން ލިބެން ހުންނާނެއެވެ.

ނޯޓު:

-  މިއީ މިއިދާރާގެ ސިވިލްސަރވިސް މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މަޤާމެއް ނޫނެވެ. ނަމަވެސް މި މަޤާމުގައި މުވައްޒަފުން ގެންގުޅޭނީ ސިވިލް ސަރވިސް ޤަވާއިދު 2014 ގެ ޗެޕްޓަރ 9 ގައިވާ ވަގުތީ މުވައްޒަފުން ގެންގުޅުމަށް ހަމަޖެހިފައިވާ އުސޫލުންނެވެ.

- މި މަޤާމުގެ މުވައްޒަފުންނަށް ސަލާމާއި އާއިލީ ޒިންމާގެ ޗުއްޓީ ދިނުމަށް ހަމަޖެހިފައިވަނީ 12 މަސް ދުވަހަށް 30 ސަލާމް އަދި 12 މަސްދުވަހަށް 10 އާއިލީ ޒިންމާގެ ޗުއްޓީއެވެ.

-  މި މަޤާމަށް ހޮވޭ ފަރާތްތައް ޕެންޝަން ސްކީމްގައި ރަޖިސްޓްރީ ކުރެވި މުވައްޒަފުންގެ މުސާރައިން %7 ކައުންސިލްގެ އިދާރާއިން %7 ޖުމްލަ އަށްވާ ފައިސާ ޕެންޝަނަށް ފަންޑަށް ޖަމާކުރެވޭނެއެވެ.

- މި އިޢުލާނު ރ. މާކުރަތު ކައުންސިލްގެ އިދާރާގެ ވެބްސައިޓް www.mci.gov.mv ބެލެން ހުންނާނެއެވެ. 

 

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

               18 ރަޖަބު 1444

09 ފެބުރުވަރީ 2023