ދިވެހިރާއްޖެ
ނަންބަރު: 242/242/2023/2(IUL)
އިޢުލާން
ކަނޑުގެ ލައިސަންސް ދޫކުރުމަށް ބޭނުންވާ އެގްޒަމިނަރ ހޯދުމާއި ބެހޭ
މިއިދާރާއިން ދޫކުރާ ކަނޑުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިހާން ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 19 ފެބުރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް އެދި ސިޓީ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.
އެގްޒަމިންރުން ބޭނުންވާ ޢަދަދު: 2
އެގްޒަމިނަރުން ބޭނުންވާ މުއްދަތު: 03 އަހަރު ދުވަސް
ޝަރުތު
- ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން ، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން ( 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯރޓް )
- ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން ( ލައިސަންސްގެ އަސްލާއި ކޮޕީ )
- ނިޔަމި ކޯސް ކެޓަގެރީ 2 ނުވަތަ އެއަށްވުރެ މަތިން ސެޓިފިކެޓް ހާސިލްކޮށްފައިވުން
- މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ